Roadha Mihaaru
އިމާރާތް ވެއްޓުނީ ދިރިނޫޅެން އަންގާފައި ވަނިކޮށް

އިމާރާތުގެ ބައެއް ވެއްޓުނީ ދިރިއުޅެން ރައްކާތެރި ނޫންކަން އެކި ފަހަރު މަތިން އަންގާފައި ވަނިކޮށް

11 އޮކްޓޯބަރ 2023

މާލޭގައި ހުރި ބާ އިމާރާތެއްގެ ބައެއް ރޭ ވެއްޓުނީ އެތަނަކީ ދިރިއުޅެން ރައްކާތެރި ނޫން ތަނެއް ކަމަށާއި އެތަން ހުސްކުރަން އެކި ފަހަރު މަތިން ވެރިފަރާތަށް އަންގާފައި ވަނިކޮށް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ހުރި ބާ އިމާރާތެއްގެ ބައެއް ރޭ ވެއްޓުނީ އެތަނަކީ ދިރިއުޅެން ރައްކާތެރި ނޫން ތަނެއް ކަމަށާއި އެތަން ހުސްކުރަން އެކި ފަހަރު މަތިން ވެރިފަރާތަށް އަންގާފައި ވަނިކޮށް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ފަރީދީ މަގުގައި ހުންނަ މ. ސުންބުލާގޭގެ އިމާރާތުން ބައެއް ވެއްޓި ހިނގި މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ. އެ ގެއަކީ ފަޅަށް ހުރި ގެއެކެވެ.

މ. ސުންބުލާގޭގެ ކޮންކްރީޓުގަނޑުން ބައެއް ވެއްޓިފައި.-- ފޮޓޯ: އެމްވީ ކްރައިސިސް

މ. ސުންބުލާގޭގެ ކޮންކްރީޓުގަނޑުން ބައެއް ވެއްޓިފައި.-- ފޮޓޯ: އެމްވީ ކްރައިސިސް

މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ އެ އިމާރާތާ ގުޅޭ ޝަކުވާ އާންމުންގެ ފަރާތުން ސިޓީ ކައުންސިލަށް ލިބުނު ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން ސިޓީ ކައުންސިލުން އެ އިމާރާތް ބަލައި، އެއީ ދިރިއުޅެން ރައްކާތެރި ނޫން ތަނެއް ކަމަށް ކަނޑައަޅައި އެތަން ހުސްކުރަން ވެރިފަރާތަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެރިފަރާތުން ސިޓީ ކައުންސިލުގައި އެދުނީ ކައުންސިލުން އެތަން ތަޅާލަ ދޭން. އެކަމަކު، ސިޓީ ކައުންސިލަށް އެތަން ތަޅާ ނުލެވޭނެ ދެއްތޯ މީހުން ދިިރިއުޅެންޏާ،" އޭނާ ވިދާޅުވި އެވެ.

މ. ސުންބުލާގެ: ވަރަށް ބާވެފައި ހުރި އެ އިމާރާތުގެ ބައެއް ރޭ ވަނީ ވެއްޓިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މ. ސުންބުލާގެ: ވަރަށް ބާވެފައި ހުރި އެ އިމާރާތުގެ ބައެއް ރޭ ވަނީ ވެއްޓިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝިއުނާ ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުން އެތަން ތަޅާލާ ނަމަ، ވެރިފަރާތުން އެ އިމާރާތް ހުސްކޮށް ކައުންސިލާ އެތަން ހަވާލުކުރަން ޖެހޭނެ އެވެ. ނަމަވެސް، ގޭގެ ވެރިފަރާތުގެ އެއްބާރުލުން ނުލިބުމުން އަދިވެސް އެކަން އޮތީ ނުވެ އެވެ.

މާލޭގައި އަދިވެސް މި ކަހަލަ ދިރިއުޅެން ރައްކާތެރި ނޫން އިތުރު ދެ އިމާރާތެއްގެ މައްސަލަ ސިޓީ ކައުންސިލުގެ ސަމާލުކަމަށް އައިސްފައި ވާތީ، އެތަންތަން ވެސް ހުސްކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިމާރާތުގެ މައްސަލާގައި ޕްލޭނިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

މ. ސުންބުލާގެ: ވަރަށް ބާވެފައި ހުރި އެ އިމާރާތުގެ ބައެއް ރޭ ވަނީ ވެއްޓިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މ. ސުންބުލާގެ: ވަރަށް ބާވެފައި ހުރި އެ އިމާރާތުގެ ބައެއް ރޭ ވަނީ ވެއްޓިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މ. ސުންބުލާގެ އަކީ ހަތަރު ބުރިއަށް ނަގާފައި ހުރި ގެއެކެވެ. އެ އިމާރާތާ ޖެހިގެން އޮންނަ ހަނި ގޯޅިގަނޑުގެ ތެރެއަށް ވެއްޓުނީ، އެ އިމާރާތުގެ ފުރަތަމަ ފުލޯގެ ބޭރަށް ވާ ފަޅީގައި ހުރި ކޮންކްރީޓުގަނޑެވެ.