Roadha Mihaaru
އާމިރުގެ އާ ފިލްމުގެ ލީޑު ރޯލެއް ޖެނީލިއާ އަށް

އާމިރުގެ އާ ފިލްމުގެ ލީޑު ރޯލެއް ޖެނީލިއާ އަށް

14 އޮކްޓޯބަރ 2023

އާމިރު ހާން ކުޅޭ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ލީޑު ރޯލަކަށް ޖެނީލިއާ ދޭޝްމުކް ނަގައިފި އެވެ.

އާމިރު ހާން ކުޅޭ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ލީޑު ރޯލަކަށް ޖެނީލިއާ ދޭޝްމުކް ނަގައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޖެނީލިއާ މިހާރު ވަނީ އެ ފިލްމު ކުޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މީގެ 16 އަހަރު ކުރިން ގެނެސްދިން ފިލްމު "ޖާނޭ ތޫ ޔާ ޖާނޭ ނާ"ގައި ވެސް އާމިރުއާ އެކު ޖެނީލިއާ މަސައްކަތް ކުރި އެވެ. އާމިރު ޕްރޮޑިއުސްކުރި އެ ފިލްމުގައި ޖެނީލިއާގެ ލޯބިވެރިޔާގެ ރޯލު ކުޅުނީ އާމިރަށް ބޮޑުބޭބެ ކިޔާ އިމްރާން ހާނެވެ.

"ސިތާރޭ ޒަމީން ޕަރު"ގައި ޖެނީލިއާ ކުޅެނީ އާމިރުގެ ލޯބިވެރިޔާގެ ރޯލު ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރިޕޯޓްތައް ބުނީ އެ ރޯލަށް ޖެނީލިއާ ނެގީ ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

"އާމިރު ގަބޫލުކުރާ ގޮތުގައި، މި ރޯލަށް އެންމެ ފިޓް ވަނީ ޖެނީލިއާ. އޭނާ ޑައިރެކްޓަރާ އެކު ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ޖެނީލާ މި ރޯލަށް ނެގީ. ޖެނީލިއާ ކުޅޭނީ އާމިރުގެ ލޯބިވެރިޔާގެ ރޯލު ކަމަށާއި އެ ރޯލަށް ތައްޔާރުވުމަށް އޭނާ ހާއްސަ ތަމްރީނެއް ވެސް ހަދާނެ،" ރިޕޯޓްތައް ބުންޏެވެ.

"ސިތާރޭ ޒަމީން ޕަރު" އަކީ 2007 ވަނަ އަހަރު ގެނެސްދިން، އާމިރު މިހާތަނަށް އަމިއްލަ އަށް ޑައިރެކްޓު ކުރި ހަމައެކަނި ފިލްމު "ތާރޭ ޒަމީން ޕަރު" އާ ގުޅުވައިގެން ނަން ދީފައިވާ ފިލްމެކެވެ. މި ފިލްމަކީ ވެސް ހަމަ އެ ސްޓައިލްގެ ފިލްމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ ކާކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ.