Roadha Mihaaru
އާމިރު ޕްރޮޑިއުސްކުރާ ފިލްމެއްގެ ލީޑު ރޯލަށް ސަނީ

އާމިރު ޕްރޮޑިއުސްކުރާ ފިލްމެއްގެ ލީޑު ރޯލަށް ސަނީ

04 އޮކްޓޯބަރ 2023

ބޮލީވުޑްގެ ތަރި، އާމިރު ހާން ޕްރޮޑިއުސްކުރާ ފިލްމެއްގެ ލީޑު ރޯލަށް ސަނީ ޑިއޯލް ނަގައިފި އެވެ.

ބޮލީވުޑްގެ ތަރި، އާމިރު ހާން ޕްރޮޑިއުސްކުރާ ފިލްމެއްގެ ލީޑު ރޯލަށް ސަނީ ޑިއޯލް ނަގައިފި އެވެ.

އެ ފިލްމު އިއުލާންކުރީ އާމިރުގެ އަމިއްލަ "އާމިރު ހާން ޕްރޮޑަކްޝަން" ހައުސްގެ އިންސްޓަގްރާމް އެކައުންޓުން އިއްޔެ އެވެ. އެ ފިލްމުގެ ނަމަކީ "ލާހޯރު 1947" އެވެ. އަދި އެ ފިލްމު ޑައިރެކްޓުކުރަނީ ރާޖުކުމާރު ސަންތޯޝެވެ.

ރާޖުކުމާރު ސަންތޯޝް އަކީ ކުރިން ވެސް ސަނީގެ ބައެއް ފިލްމުތައް ޑައިރެކްޓުކުރި ފަންނާނެކެވެ.

އޭނާ ޑައިރެކްޓުކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އަންދާޒް އަޕްނާ އަޕްނާ" އާއި "ދާމިނީ" އާއި "ގާޔަލް" އަދި "އަޖަބް ޕްރޭމް ކީ ގަޒަމް ކަހާނީ" ކަހަލަ ފިލްމުތައް ހިމެނެ އެވެ.

"ލާހޯރު 1947" އިއުލާންކުރި ނަމަވެސް، އެ ފިލްމާ ގުޅޭ މާ ގިނަ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ފިލްމުގެ ނަމުން އެއީ އިންޑިއާ އާއި ޕާކިސްތާނުގެ ޕާޓިޝަން ދުވަސްވަރު ހިނގި ކަމަކަށް ހަދާ ފިލްމެއް ކަމަށް ބެލެވެ އެވެ.

އެ ފިލްމު ގެނެސްދޭ ދުވަހެއް ވެސް އަދި އިއުލާން ނުކުރެ އެވެ.