އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިޓަޔަކުރައްވަން ނިންމަވާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ހާމަކުރައްވައިފި އެވެ.
14 އޮކްޓޯބަރ 2023
އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިޓަޔަކުރައްވަން ނިންމަވާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ހާމަކުރައްވައިފި އެވެ.
ފުލުހުންގެ އެތެރޭގެ މީޑިއާ ގުރޫޕަށް ހަމީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ މަހު ފުލުހުންގެ ވަޒީފާ އިން ރިޓަޔަކުރައްވަން ތައްޔާރުވަމުން އަންނަ ކަމަށާއި އެންމެ ބޮޑަށް ބައްލަވަނީ 11 ވަނަ ދުވަހު ރިޓަޔަކުރައްވަން ކަމަށެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު އާ ސަރުކާރު ވެރިކަމާ ހަވާލުވާނެ އެވެ.
ހަމީދު ފޮނުއްވި މެސެޖުގައި 2012 ވަނަ އަހަރު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރުމުންނާއި 2018 ވަނަ އަހަރު އަލުން ވަޒީފާ ލިބި، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ކުރިމަތިވި ބައެއް ކަންކަން ގޮންޖެހުންތައް ހިއްސާކުރައްވާފައިވެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމަށްފަހު، އަލުން ފުލުހުންގެ ވަޒީފާއާ 2018 ވަަނަ އަހަރު ހަވާލުވި ނަމަވެސް، ސީޕީގެ މަގާމަށް އަންނަން ބޭނުން ނުވި އެވެ. އެއީ، އޭނާ ވަޒީފާ ވަކިކޮށް ހިނގައިދިޔަ ކަންކަމާ ގުޅޭ ކޮންޓްރަވާސީތައް އޮތުމުން ކަަމަށް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އެފަދަ އެއްވެސް ވާހަކައެއްގެ އަޑު ފެތުރިފައި ނެތް، ސީނިއާ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް ލަތީފްމެން ފަދަ ބޭފުޅަކަށް ސީޕީގެ މަގާމު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ މަސައްކަތް ކާމިޔާބު ނުވެ، އެންމެ ފަހުން ސީޕީ ކަމުގެ ތޮފި އަޅުއްވަން ޖެހުނީ ކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ސީޕީގެ މަގާމާ ހަވާލުވިއިރު ފުލުހުންގެ އިދާރާގެ ނަން އޮތީ ވަރަށް ކިލަނބުވެފައި ކަމަށާއި ސީނިއާ އޮފިސަރުން އެކަތިގަނޑަކަށް އަރުވަން މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އޭނާ ވަޒީފާ އިން ވަކިކުރަން ހިންގި ކަންކަމުގައި ހިޔާލު ތަފާތުވުން އުފެދުނު އިސް އޮފިސަރުންނާ މެދު އޮތް ޒާތީ ހިޔާލު ތަފާތުވުންތައް ދޫކޮށް، ފުލުހުންގެ އިދާރާއަށްޓަކައި އެކުގައި މަސައްކަތްތައް ކުރެވިފައިވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަކީ އާންމު ބަލައިގަންނަ، އެ މީހުންގެ ޑިމާންޑްތަކާ އެއްވަރަށް މަސައްކަތް ކުރާ އިދާރާއަކަށް ހެދުމަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތްތައް ކުރެވިފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ރައީސްގެ އަނބިކަނބަލުންގެ ކޮއްކޯފުޅާ ކަައިވެނި ބައްލަވައިގެން އުޅުއްވާ ހަމީދު އުމުރުން 17 އަހަރުގައި ފުލުހުންގެ ހިދުމަތާ ގުޅުނުއިރު، އޭނާ ވަޒީފާ އިން ވަކިކުރީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު ސިއްރު މައުލޫމާތުތަކެއް ލީކްކޮށްލި ކަމުގެ ތުހުމަތުގަ އެވެ. އޭރު އޭނާ ހުންނެވީ އިންޓެލް ޑިޕާޓްމެންޓް ހެޑަކަށެވެ.
ވަޒީފާ އިން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން 2018 ވަަނ އަހަރު އެންގީ އަލުން ފުލުހުންގެ ވަޒީފާ އިޔާދަކުރުމަށެވެ. އެ ހުކުމާ އެކު އަލުން ވަޒީފާ ދިނުމަށްފަހު ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކުރި އެވެ. އެފަހުން 2019 ވަނަ އަހަރުގެ މާޗް މަހު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރަންދެން ހުންނެވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.
ސްޓިކާއިން ފުލުހުން ބަދުނާމުވާތީ ސީޕީގެ ކަންބޮޑުވުން
ވިއްސިވިހާލި ވެފައިވާ ނިޒާމެއް: ފުލުހުންނަށް ވާނެތަ؟
އިންޑިއާއާ ދެކޮޅު ކެމްޕޭންގައި ޑްރަގު ބޮޑުން އުޅޭ:ސީޕީ
ތިން އޮފިސަރަކު ވަކިކުރުން ހުއްޓުވައިފި
ބޯޑުގެ ނިންމުން ތަންފީޒުކުރުން ކޮމިޝަނަރަށް ލަހެއް ނޫން
އޮފިސަރުން ވަކިކުރުމާ މެދު އަދިވެސް ގޮތެއް ނުނިންމާ
ފުލުހުންގެ އާ ގާނޫނަކީ ޖާދުލެއް ނޫން!
"ޑްރަގް އަތުލައިގަތް ފުލުހުންނަށް އިނާމް ހައްގު"
މި މީހުން މައިތިރި ކުރެވޭނެ ގޮތެއް ހަމަ ނެތްބާ؟
ހަނގުރާމައަށް ދިޔަ ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރު