އަންނަ އަހަރުގެ އެފްއެމް އިންތިހާބުގައި ވާދަކުރަން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވާދަކުރާ ކަމުގެ އަޑުތައް ގަދަވެ، ސޯޝަލްމީޑިއާގައި ބަޔަކު ކެމްޕޭން ފަށައިފި އެވެ.
އަންނަ އަހަރުގެ އެފްއެމް އިންތިހާބުގައި ވާދަކުރަން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވާދަކުރާ ކަމުގެ އަޑުތައް ގަދަވެ، ސޯޝަލްމީޑިއާގައި ބަޔަކު ކެމްޕޭން ފަށައިފި އެވެ.
"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުން މިއަދު ފެށި ކެމްޕޭނާގުޅިގެން އަޝްފާގުގެ ބަހެއް ހޯދަން "މިހާރު" އިން ގުޅުމުން އަދި ޖަވާބެއް ލިބޭގޮތެއް ނުވެ އެވެ.
އެހެން ނަމަވެސް އަޝްފާގުގެ ގާތް ބަޔަކު މައުލޫމާތު ދިން ގޮތުގައި އޭނާ އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅެ އެވެ.
ގައުމީ ކެޕްޓަންކަން ވެސް ކުރި ދަގަނޑޭ، އެފްއޭއެމަށް ނުކުންނަނީ މާޒިޔާއިން ފަހަތުގައި އޮތްކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ނަމަވެސް އެކަމާ ބެހޭގޮތުން މާޒިޔާއިން ރަސްމީކޮށް އެއް ވެސް އެއްޗެއް ބުނެފައެއް ނެތެވެ. އެ ކްލަބްގެ އިސް ހިންގުންތެރިން ވަނީ ދަގަނޑޭ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާކަން ހާމަކޮށްފައިވާ ޕޯސްޓް ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.
ގައުމީ ޓީމަށް 100 އާ ގާތް ކުރާ އަދަދަކަށް މެޗު ކުޅުނު ދަގަނޑޭ، މި ވަގުތު ކުޅުމާ ދުރުގައި ހުރީ އަނިޔާގެ ސަބަބުންނެވެ. މި ވަގުތު އޭނާ ހުރީ އާއިލާއާ އެކު އުމުރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއާގަ އެވެ.
ދަގަނޑޭއާ ބައްސާމުގެ ބައްދަލުވުމެއް ބާއްވައިފި
ގައުމީ ޓީމު ޖޯކަކަށް ހަދައިފި، އެފްއޭއެމް އަތް ޖަހަން
މޮޅު ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އާއި ފަދުވާ އަށް
އަޝްފާގުގެ ނިންމުން ބަދަލުކުރަން އެދޭނަން: ޓޮމް
ދަގަނޑޭ އާއި އިމްރާންގެ ތާއީދު ޓޮމް އަށް
އެފްއޭގެ ގަވާއިދު އިސްލާހުކުރަން ފީފާއިން ކޮންފަރެންސެއް
ޑިސިޕްލިނަރީ، އެޕީލްސް ކޮމިޓީ ހޮވުން މި މަހު 15ގައި
ވިލިމާލޭން ތިން އަހަރުގެ ޗެމްޕިއަން ހުޅުމާލެ ބަލިކޮށްފި
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް