Roadha Mihaaru
ޕޯސްޓުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކަށް ސަމާލުވޭ

ޕޯސްޓުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކަށް ސަމާލުވާން އެދިއްޖެ

20 އޮކްޓޯބަރ 2023

މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ އޮފީހުން އެދިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ އޮފީހުން އެދިއްޖެ އެވެ.

ޕޯސްޓު އޮފީހުން އިއްޔެ ބުނީ، ސްކޭމް މެސެޖުތަކުގައި ކަސްޓަމަރުންގެ އައިޓަމް ވެރިފަރާތަށް ހަވާލުނުކުރެވި، ޑެލިވަރީ ފެއިލްވެފައިވާ ކަމަށާއި ވެރިފަރާތުގެ އެޑްރެސް ޔަގީން ކުރުމަށްޓަކައި އެ މެސެޖުގައިވާ ލިންކަށް ވަންނަން ބުނެފައި ހުންނަ ކަމަށެވެ.

އެ މެސެޖުގައި އައިޓަމްގެ ޓްރެކިން ނަންބަރު ހިމަނާފައިވާ ކަމަށާއި މެސެޖުގައިވާ ލިންކަށް ވަނުމުން ސައްހަ ނޫން ޓްރެކިން އަދި ޑެލިވަރީ އަޕްޓޭޓް ފެންނަން ހުރެ އެވެ. ޑެލިވަރީ ކުރުމަށް ވަކި ފީއެއް ދެއްކުމަށް ވެސް ކަސްޓަމަރުންނަށް އަންގާ ކަމަށް ޕޯސްޓު އޮފީހުން ބުންޏެވެ.

ޕޯސްޓުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު ފޮނުވާ ސައްހަ ނޫން މެސެޖަކަށް ސަމާލުވެ، އެފަދަ މެސެޖުތަލަށް ޖަވާބު ނުދިނުމަށް އެ އޮފީހުން އެދެ އެވެ. އެފަދަ މެސެޖެއް ލިބިއްޖެ ނަމަ އެކަން މޯލްސްޑިވްސް ޕޯސްޓަށް އެންގުމަށް ވެސް އެދުނެވެ.

ޕޯސްޓު މެދުވެރިކޮށް ޕެކޭޖެއްގެ މައުލޫމާތު ހޯދުމަށް ގުޅަން ޖެހެނީ 331555 އަށެވެ. ވެބްސައިޓު މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެސް ޕޯސްޓު އޮފީހުން ބުންޏެވެ.