Roadha Mihaaru
ގެސްޓް ހައުސެއްގައި ފޭރުނު 2މީހުންގެ މައްސަލަ ޕީޖީއަށް

ގެސްޓް ހައުސްއަަކަށް މީހަކު ވައްދައި ފޭރުނު ދެ މީހުންނަށް ދައުވާކުރަން ފޮނުވައިފި

16 ސެޕްޓެމްބަރ 2024

ގެސްޓް ހައުސްއަކަށް ފިރިހެނަކު ވައްދައި، އޭނާގެ އަތުން ފޭރުނު ކަމަށް ތުހުމަތުކުރާ ދެ މީހުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެސްޓް ހައުސްއަކަށް ފިރިހެނަކު ވައްދައި، އޭނާގެ އަތުން ފޭރުނު ކަމަށް ތުހުމަތުކުރާ ދެ މީހުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓް ހައުސަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗެހިން ބިރުދައްކައި، އޮރިޔާންކޮށް އަދި އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާންސްފާކޮށް ފޭރުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލާގައި ތުހުމަތުވާ ދެ މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ތުހުމަވާ ދެމީހުންނަކީ ގ. އޯލްޕެރިސް، އަހްމަދު މިހާދު، 44 އާއި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ، 39 އެވެ.

ފިރިހެނުން ގެއަށް ވައްދައި އެ މީހުން ބަރަހަނާކޮށް، ފޭރޭ މައްސަލައެއްގައި އެހެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް ފުލުހުން ވަނީ ޕީޖީ އޮފީހުގައި މިއަދު އެދިފަ އެވެ.

އެއީ މިދިޔަ ޖުލައި މަހު 24 ވަނަ ދުވަހު މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް އަދި އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއްގަ އެވެ.