ރާއްޖެ މިއަދު އޮތް ހާލަތުން އަރައިގަނެ، ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ކުރިއަށް އޮތީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި އެ މަސައްކަތުގައި އެންމެން އެކަތިގަނޑަކަށް ވެ، އެކުވެރިކަމާ އެކު ކުރިއަށް ދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
19 އޮކްޓޯބަރ 2023
ރާއްޖެ މިއަދު އޮތް ހާލަތުން އަރައިގަނެ، ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ކުރިއަށް އޮތީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި އެ މަސައްކަތުގައި އެންމެން އެކަތިގަނޑަކަށް ވެ، އެކުވެރިކަމާ އެކު ކުރިއަށް ދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ހަރަކާތްތެރިވި މާލެ ސަރަހައްދުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވަން ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ އެ ޓީމުތަކުން ކުރީ ވަރަަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށެވެ.
"ތިޔަބޭފުޅުން ކުރެއްވީ ބުރަ އިހުލާސްތެރި ގައުމީ މަސައްކަތެއް. އެކަމަށްޓަކައި ޝުކުރުވެރިވަން. ގައުމު މިއަދު އޮތް ހާލަތުން ދިވެހިންގެ ރާއްޖެ އަށް ގެންދަން ތިޔަ ކުރެއްވީ ވަރަށް ވަރުގަދަ ގައުމީ މަސައްކަރެއް. ތިޔަ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެން ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ފުރުސަތު ލިބިގެން މި ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
"ގައުމީ މަސައްކަތުގައި ބައިވެރިވި އެކި ފެންވަރުގެ އެކި ގިންތީގެ ހުރިހާ މަގާމެއްގައި ތިބި މީހުން ޝާމިލުވާ ގޮތަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ."
"ގައުމީ މަސައްކަތުގައި ބައިވެރިވި އެކި ފެންވަރުގެ އެކި ގިންތީގެ ހުރިހާ މަގާމެއްގައި ތިބި މީހުން ޝާމިލްވާ ގޮތަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ."
ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ ކަމެއް ހާސިލް ކުރުމަށް ވުރެ، އެކަމެއް ދެމެހެއްޓުމަކީ މާ އުނދަގޫ، ބުރަ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު އެދެނީ ކެމްޕެއިންގައި ދެއްކެވި އެކުވެރިކަން އެ ގޮތުގައި ދައްކަން. ގައުމު ސަލާމަތް ކުރުމަށް ނުގުޑާ ވަރުގެ އަޒުމެއްގައި ކުރިއަށް ދާން. ކުރިއަށް މި އޮތީ ވަރަށް ހާއްސާސީ ދުވަސްތަކެއް. އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
"ގައުމަށް އޮތީ އުޖާލާ މުސްތަގުބަލެއް."
ކެމްޕެއިން ޓީމުތަކާ އެކު މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ހުލާސާ ރިޕޯޓް ވަނީ މުއިއްޒުގެ އަތްޕުޅަށް އަރުވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި މުއިއްޒު، ރައީސް ކަމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިހާރު އަނަނީ ތައްޔާރީތައްވަމުންނެވެ.
މުއިއްޒުގެ 100 ދުވަހުގެ ޕްލޭން މިރޭ ނެރެނީ
ކާމިޔާބީގެ އަސްލަކީ ލީޑަޝިޕްގެ މަޝްވަރާ: އަބްދުއްރަހީމް
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ކަފުން ވެދާނެ ވަގުތުކޮޅު
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ
ޕީޕީއެމް މީހުން ޕީއެންސީއަށް ގެންނަން މުއިއްޒު ދެކޮޅު
މުއިއްޒަށް، ޔާމީން ފާސް މާކްސް ދޭނީ ދެކަމެއް ކުރުމުން
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!