Roadha Mihaaru
11 އަހަރަށް ފަހު އާސެނަލަށް ދެ ވަނަ، ޓޮޓެންހަމަށް ވެންގާ ބައްޔެއް ނުކުރެވުނު

11 އަހަރަށް ފަހު އާސެނަލަށް ދެ ވަނަ، ޓޮޓެންހަމަށް ވެންގާ ބައްޔެއް ނުކުރެވުނު

16 މެއި 2016

ލަންޑަން (މޭ 16) - އިނގިރޭސި ޕްރިމިއާ ލީގަށް މި ފަހަރު ވާދަކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމަކީ އާސެނަލެވެ. އެހެން ނަމަވެސް އެ ޓީމު ސީޒަން ނިންމާލީ ލީގުގެ ދެ ވަނައިގައި އޮވެ އެވެ. އެއީ ފާއިތުވި 11 އަހަރުގެ ތެރޭގައި އާސެނަލް ލީގުގެ ދެ ވަނައިގައި ނިންމާލި ފުރަތަމަ ފަހަރެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މޭ 16) - އިނގިރޭސި ޕްރިމިއާ ލީގަށް މި ފަހަރު ވާދަކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމަކީ އާސެނަލެވެ. އެހެން ނަމަވެސް އެ ޓީމު ސީޒަން ނިންމާލީ ލީގުގެ ދެ ވަނައިގައި އޮވެ އެވެ. އެއީ ފާއިތުވި 11 އަހަރުގެ ތެރޭގައި އާސެނަލް ލީގުގެ ދެ ވަނައިގައި ނިންމާލި ފުރަތަމަ ފަހަރެވެ.

ލީގު ޗެމްޕިއަންކަން ލެސްޓާ ސިޓީ ހޯދީ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރުކޮށް 38 މެޗުން 81 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް ދެ ވަނަ އަށް ދިޔައީ ރޭ އޮލިވިއޭ ޖިރޯގެ ހެޓްރިކާ އެކު 3-0 އިން އެސްޓަން ވިލާ ބަލިކޮށް 38 މެޗުން 71 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ޓޮޓެންހަމް އޮތީ 38 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީ އަންނަ އަހަރު ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދީ 38 މެޗުން 66 ޕޮއިންޓާ އެކު އެވެ.

އެސްޓަން ވިލާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޖިރޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޖިރޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ސީޒަނުގެ ދެ ވަނަ ބުރުގެ މެޗުތައް ކުރިއަށް ދިޔައިރު ލީގުގެ ދެ ވަނައިގައި އެންމެ ފަހު މެޗާ ޖެހެންދެން އޮތީ ޓޮޓެންހަމެވެ. ޓޮޓެންހަމަށް ދެ ވަނަ ގެއްލުނީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗްގައި، ރެލިގޭޓްވެފައިވާ ނިއުކާސަލް ޔުނައިޓެޑް އަތުން 5-1 އިން ބަލިވުމުންނެވެ. މިއީ އާސެނަލަށް ވުރެ ފަހަތުން ލީގު ނިންމާލުމުގެ ހިތްދަތިކަމަށް ނިމުމެއް ގެންނަން ޓޮޓެންހަމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ. ނަމަވެސް ރޭގެ ބައްޔާ އެކު ޓޮޓެންހަމް ޖެހުނީ އާސެނަލް އަށް ވުރެ ފަހަތުން ޖެހިޖެހިގެން 21 ވަނަ ސީޒަން ނިންމާލާށެވެ.

ޓޮޓެންހަމް އެންމެ ފަހުން އާސެނަލަށް ވުރެ މަތީގައި ނިންމާލީ 1994-1995 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު ޓޮޓެންހަމް ދިޔައީ ލީގުގެ ހަތް ވަނައިގަ އެވެ. އެ ފަހަރު އާސެނަލް ދިޔައީ ލީގުގެ 12 ވަނަ އަށެވެ. އާސެނަލްގެ ކޯޗުކަމާ ވެންގާ ހަވާލުވި ފަހުން ޓޮޓެންހަމަށް އާސެނަލަށް ވުރެ ކުރީގައި އޮވެ ލީގު ނިންމާލެވިފައެއްނުވެ އެވެ.

ކޯޗުންގެ ބަސް

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ސިފަކުރި ގޮތުގައި ރޭގެ މެޗަކީ އޭނާގެ ކޯޗިން ކެރިއަރުގައި ދިމާވި އެންމެ ހިތްދަތި ދުވަހެވެ.

"މިއަދު ފެނުނީ ކުރިން 37 މެޗުގައި ފެނުނު ޓޮޓެންހަމްގެ ކުޅުމެއް ނޫން. އެ ފެންވަރާ ގާތަށް ވެސް ނުކުޅެވޭ. މިއީ އަހަރެން ސްޕެއިނާއި އިންގްލެންޑްގައި ކޯޗު ކޮންދިން އިރު ދިމާވި އެންމެ ގަބޫލުކުރަން ދަތި ދުވަސް." ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ: އޭނާ ވަނީ ނިއުކާސަލް އަތުން ބަލިވުމުން ޓޮޓެންހަމްގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައި.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ: އޭނާ ވަނީ ނިއުކާސަލް އަތުން ބަލިވުމުން ޓޮޓެންހަމްގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައި.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ލީގުގެ ދެ ވަނަ ލިބުމަކީ ކުރީގެ އަހަރުތަކާ އަޅައި ކިޔާއިރު އޭނާގެ ޓީމަށް ލިބުނު ކުރިއެރުމެކެވެ.

"ކުޅުންތެރިންނާއި ސަޕޯޓަރުންނަށްޓަކައި ވަރަށް މުހިއްމު ކަމެއް އެއީ ރަނގަޅު މޮޅަކާ އެކު ސީޒަން ނިންމާލުން. މި ސީޒަނަކީ އަަހަރެމެން ބޭނުންވި ގޮތަށް ދިޔަ ސީޒަނެއް ނޫން ނަމަވެސް، ފަހު ވަގުތާ ޖެހެންދެން ކުރި ހިތްވަރުން މި ލިބުނީ ލީގުގެ ދެ ވަނަ. މިއީ ފާއިތުވި އަހަރުތަކާ އަޅައި ކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއް،" ވެންގާ ބުންޏެވެ.

އާސެނަލް އެންމެ ފަހުން ލީގުގެ ޗެމްޕިއަންކަން ހޯދީ 2004 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސީޒަނުގައި އެ ޓީމުން ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.