16 ޖެނުއަރީ 2022
ލަންޑަން (ޖެނުއަރީ 16) - އާސެނަލް އިން އެދިގެން، ޕްރިމިއާ ލީގުން މެޗު ފަސްކޮށްދިނުމުން ހައިރާން ވެއްޖެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްއިން ބުނެފި އެވެ.
ލަންޑަން (ޖެނުއަރީ 16) - އާސެނަލް އިން އެދިގެން، ޕްރިމިއާ ލީގުން މެޗު ފަސްކޮށްދިނުމުން ހައިރާން ވެއްޖެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްއިން ބުނެފި އެވެ.
ޕްރިމިއާ ލީގުގައި، ރޭ އާސެނަލް އާއި ޓޮޓެންހަމް ކުޅެން ހަމަޖެއްސި މެޗު ކެންސަލް ކުރުމަށް ޕްރިމިއާ ލީގުން ނިންމީ، އާސެނަލްގެ 15 ކުޅުންތެރިންނަށް ކުޅެވެން ނެތުމުންނެވެ. އެކަމަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ރިޕޯޓް ކުރި އާސެނަލްގެ ކުޅުންތެރިޔަކީ، މާޓެން އޮޑެގާޑް އެކަންޏެވެ. ޓީމުގެ އެހެން ކުޅުންތެރިޔަކަށް ކޮވިޑް ޖެހުނު ކަމަށް އިއްޔެ ރިޕޯޓްކޮށްފައިވެ އެވެ.
އަނިޔާއާ ހެދި ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެކަހެރިވެފަ އެވެ. އަދި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންގައި އާސެނަލްގެ ހަތަރު ކުޅުންތެރިޔަކު ކުޅެމުން ދެއެވެ.
"އަހަރެމެން ވަރަށް ހައިރާންވެއްޖެ އެ ހުށަހެޅުން ތަންފީޒުކުރަން ނިންމީމައި،" ސްޕާސްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ޔޫއެފާ ކޮންފަރެންސް ލީގުގައި ކުޅެންޖެހޭ މެޗު އޮއްވައި އަހަރެމެން އެދުނިން ޑިސެމްބަރު 16 ގައި ލެސްޓައާ ދެކޮޅަށް ކުޅެން ހަމަޖެއްސި މެޗު ފަސްކޮށްދޭން. އެކަމަކު އަހަރެމެން އެދިގެން ފަސްކޮށެއް ނުދިން. ނަމަވެސް ފަހުން ލެސްޓާ އެދުނު ހިސާބުން މެޗު ފަސްކުރީ."
ޓޮޓެންހަމްގެ ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑުގެ ގައިޑްލައިންގެ ބޭނުމަކަށް ވާންވާނީ ހަމައެކަނި ކޮވިޑް ޖެހިފައިވާ ކުޅުންތެރިންނަށް އަމާޒުކުރާ އެއްޗަކަށް ކަމަށެވެ. ކުޅުންތެރިންނަށް އަނިޔާވުމުން ބޭނުން ކުރަން ޖެހޭ އެއްޗަކަށް އެކަން ހަދައިގެން ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"އަހަރެމެންނަށް މިހާރު މި ފެންނަނީ މި ގަވާއިދު ވެސް އޭގެ ބޭނުން ނަހަމަގޮތުގައި ހިފާތަން،" ޓޮޓެންހަމްގެ ބަޔާނުގައިވެ އެވެ.
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
11 އަހަރަށް ފަހު އާސެނަލަށް ދެ ވަނަ، ޓޮޓެންހަމަށް ވެންގާ ބައްޔެއް ނުކުރެވުނު
ކެޕްޓަނާއި ރައިސް ނެތި ހޯދި މޮޅަށް އާޓެޓާގެ ތައުރީފު
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލީގު ހޯދުމުގެ ހުރިހާ ސިފައެއް އާސެނަލްގައި އެބަހުރި
އަންނަ ސީޒަނުގައި ޓޮޓްނަމުން ތައްޓަށް ވާދަކުރަން ބޭނުން
ވެސްޓްހޭމްއަށް ބޮޑު ބައްޔެއް، ސަޕޯޓަރުންނަށް ފޫހިކަން
އޮޑެގާޑްގެ އުފާފާޅުކުރުން މައްސަލައަކަށް ހަދައިފި
ލިވަޕޫލް ބަލިކޮށް އާސެނަލްުން ތަށީގެ ރޭސް ވާންކޮށްފި