Roadha Mihaaru
ކޭޕާކް މައްސަލަ ފޮނުވަން ކުރަންޖެހޭ ކަންކަން ކުރަނީ

ކޭޕާކްގެ މައްސަލަ ޕީޖީއަށް ފޮނުވަން ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުން: ޕޮލިސް

22 އޮކްޓޯބަރ 2023

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހިންގާ ޖިނާއީ ތަހުގީގު ފުރިހަމަކޮށް، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހިންގާ ޖިނާއީ ތަހުގީގު ފުރިހަމަކޮށް، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކޭޕާކުން ހެދި ފްލެޓްތަކުގެ އަދަދަށް ވުރެ އިތުރަށް އެތައް ބަޔަކަށް ތަންތަން ވިއްކައި މަކަރާއި ހީލަތް ހެދި ކަމަށް ބުނެ އެ ކުންފުނީގެ އެއް ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ) ހިމެނޭ ގޮތުން ހުށަހެޅި މައްސަލަ އަވަހަށް ނިންމައިދޭން ކޭޕާކްގެ އެޖެންޓް ހަންބޯ ކުންފުނިން ވަނީ އެދިފަ އެވެ.

ފުލުހުން ބުނީ ކޭ ޕާކް މައްސަލަ ޕީޖީ އަށް ފޮނުވަން "ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ" ކަމަށެވެ. އެކަމަކު، އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ނުދެ އެވެ.

ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ.

އެ މައްސަލައިގެ ތުހުމަތަށް މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގަ އެވެ.

އެ ކުންފުނިން ބުނެފައި ވަނީ މަންޑޭގެ ފަރާތުން 100 އަށް ވުރެ ގިނަ މީހުންނަށް މަކަރާއި ހީލާތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން އެޕާޓްމަންޓުގެ މުއާމަލާތް ކޮށްފައިވާ ކަމަށެވެ. ހަމްބޯ ކުންފުނިން ވަނީ އާބަންކޯއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މި އަހަރުގެ ނިޔަލަށް ތަނުގެ މަސައްކަތް ނިންމުމަަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބެސް ބުނެފަ އެވެ.