ބޭރުގެ އިންވެސްޓަރުންނަށް ލައިސަންސެއް ދޭ ގޮތަށް ފޮރިން އިންވެސްޓްމެންޓް ބިލުގެ މަސައްކަތް ފަށައިފި އެވެ.
23 އޮކްޓޯބަރ 2023
ބޭރުގެ އިންވެސްޓަރުންނަށް ލައިސަންސެއް ދޭ ގޮތަށް ފޮރިން އިންވެސްޓްމެންޓް ބިލުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފުރަތަމަ ކިޔުން އިއްވި ބިލްގެ ބޭނުމަކީ، ރާއްޖޭގެ އިންވެސްޓް ކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓްމެންޓްތަކަށް ދޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ އުސޫލުތަކާއި އެފަދަ އިންވެސްޓްމެންޓްތައް ދައުލަތަށް ނެގޭނެ ހާލަތްތަކާއި އިންވެސްޓްމެންޓްތަކަށް ބަދަލު ދެވޭނެ ގޮތްތަކާއި ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖޭގައި މަސައްކަތްކުރާ ނަމަ ލައިސަންސް ދިނުމާއި އެފަދަ ފަރާތްތަކަށް މަސައްކަތްކުރެވޭނެ ގޮތްތައް ބަޔާން ކޮށްދިނުމެވެ.
މި ބިލްގައިވާ ގޮތުން ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދޫކުރާނީ، ރާއްޖޭގައި އިންވެސްޓް ކުރަން އެދި، އެޕްރޫވަލްގައި ބަޔާންކުރާ ކަންކަން އެ އިންވެސްޓަރަކު ފުރިހަމަ ކުރުމުންނެވެ. އަދި ފޮރިން މިނިސްޓްރީ ލައިސެންސް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީން ދަފްތަރުކުރަން ޖެހޭނެ އެވެ.
އެ ލައިސެންސްގައި، އިންވެސްޓްކުރާނެ އަދަދުގެ އަންދާޒާ އާއި ހިންގާ ޕްރޮޖެކްޓްގެ ކިޔައިދީފައި އޮންނަން ޖެހޭނެ އެވެ. އަދި އިންވެސްޓްކުރާ ދާއިރާއަށް ބަދަލު ގެންނަ ނަމަ، ލައިސެންސް ވެސް ބަދަލުކުރަން ފޮރިން މިނިސްޓްރީއަށް ހުށަހަޅަން ވެސް ޖެހެ އެވެ.
މި ބިލުގައިވާ ގޮތުން، ބޭރު އިންވެސްޓަރަކު ރާއްޖޭގައި ކުރާ އިންވެސްޓްމެންޓެއްގެ ރައުސުލްމާލުން އުފެދޭ ފައިދާ އަނބުރާ އެ އިންވެސްޓަރެއްގެ ގައުމެއް ގެންދެވޭނެ އެވެ.
އޭގެ އިތުރުން، އިންވެސްޓަރުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަކަށް ސަރުކާރުގެ އިދާރާއަކުން ނިންމުމެއް ނިންމައިފި ނަމަ އެކަމުގެ ޝަކުވާ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅޭނެ އެވެ. އަދި ޝަކުވާ ހުށަހެޅި ކަންތައް މިނިސްޓްރީގެ ތެރެއިން ހައްލެއް ނުހޯދުނު ނަމަ ކޯޓަށް ވެސް ހުށަހެޅިދާނެ އެވެ.
ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ ފަރާތަކުން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކޮށްފި ނަމަ، މުޅި އިންވެސްޓްމެންޓުގެ އަގުގެ 30 ޕަސެންޓަށް ވުރެ ކުޑަ ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އޭގެ އިތުރުން ފޮރިން އިންވެސްޓްމެންޓް ލައިސެންސް ހޯދުމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހުށަހެޅިކަން ސާބިތުވެއްޖެ ނަމަ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންވެސްޓަރުންނަށް ރާއްޖެ ވަރަށް މަގުބޫލު: ޖޭއެލްއެލް
އިންވެސްޓަރުންގެ އިތުބާރު އެބައޮތް: މިނިސްޓްރީ
އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ
ރާއްޖެ-އެމެރިކާ ވިޔަފާރި ފުޅާކުރަން މަޝްވަރާކޮށްފި
ލެގޯގެ ބިލިއަން އިންވެސްޓްމަންޓެއް ވިއެޓްނާމަށް
ދިވެހި ކުންފުންޏަކުން ލަންކާގައި ބޮޑު އިންވެސްޓްމަންޓެއް
ޔޫއޭއީގެ އިންވެސްޓަރުންނާ އެކު މަޝްވަރާކޮށްފި
ގަލްފް ކްރާފްޓުން ރާއްޖޭގައި ބޮޑު އިންވެސްޓްމަންޓެއް
އިހަވަންދިއްޕޮޅަށް އިންވެސްޓަރަކު ހޯދަނީ
އަމިއްލަ ފުށީގެ ބައެއް ވިލާތައް ވިއްކާލަނީ