25 އޮކްޓޯބަރ 2023
އޮޑިޓަ ޖެނެރަލްގެ އޮފީހުން ހުށަހެޅި ނަމަވެސް، މި ވަގުތު އެ އޮފީހުގެ މުސާރަ ބޮޑު ނުކުރަން ނިންމައި، އަންނަ އަހަރަށް 112.2 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ހުށަހެޅި ނަމަވެސް، މި ވަގުތު އެ އޮފީހުގެ މުސާރަ ބޮޑު ނުކުރަން ނިންމައި، އަންނަ އަހަރަށް 112.2 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓު އޮފީހުން ފުރަތަމަ ހުށަހެޅީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ އޮފީހުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަންގައިވާ ގޮތުން އަންނަ އަހަރުގެ ރިކަރަންޓް ހަރަދަކީ 82 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މުސާރަ އަށް 56 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓް އަންނަ އަހަރު ބޮޑު ކުރި އެއް ސަބަބަކީ، ހަތް މުވައްޒަފުން އިތުރަށް ނެގުމަށާއި މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވަންސެއް ދިނުމަށެވެ. އެލަވަންސް އިތުރު ކުރަން 11 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފައި ވެ އެވެ.
އެކަމަކު ފިނޭންސް މިނިސްޓްރީން އެ ކޮމިޓީއަށް ލަފާ ދިނީ، އޮޑިޓު އޮފީހުގެ މުވައްޒަފުން ހިމެނޭ ގޮތަށް އާ ޕޭ ފްރޭމްވާކަށް ހިޖުރަ ކުރުމުގެ މަސައްކަތް ނިމުމުން، މުސާރައިގެ ކުރިއެރުން ލިބޭނެތީ، މި ވަގުތު ބަޖެޓުގައި ހިމަނައިގެން މުސާރަ ބޮޑުނުކުރުމަށެވެ.
އެއާ އެކު، މާލިއްޔަތު ކޮމިޓީން އޮޑިޓު އޮފީހުގެ ބަޖެޓު ދިރާސާކޮށް ނިންމީ، މުސާރަ ބޮޑު ކުރަން ހިމެނި 11 މިލިއަން ރުފިޔާ އުނިކޮށް، އަންނަ އަހަރަށް 112.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް، އަންނަ އަހަރަށް އޮޑިޓު އޮފީހުގެ ބަޖެޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ އަހަރު އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 93 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ އިދާރާގެ އޮފީސް ބަދަލު ކުރުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން އެ ކުންފުނީގެ ބަޖެޓު ވަނީ 100 މިލިއަނަށް އިތުރުވެފަ އެވެ.
އޮޑިޓް އޮފީހުން ހުށަހެޅީ 123 މިލިއަންގެ ބަޖެޓެއް
އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް
އޮޑިޓް އޮފީހަށް 64 މިލިިއަންގެ ބަޖެޓެއް ފާސްކޮށްފި
އޮޑިޓް އޮފީހަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް
އޮޑިޓް އޮފީހަށް 50 މިލިއަން ރުފިޔާ ކަނޑައަޅައިފި
އޮޑިޓް އޮފީހަށް 50 މިލިއަން ރުފިޔާ ދޭން ނިންމައިފި
5.1ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ސްޓާފުން އިސްތިސްނާވާނެ
ދައުލަތުގެ ދަރަންޏަށް މިއަހަރު 22 ބިލިއަން އިތުރުވާނެ
އެމްޑީޕީން ގޮވާލީ ބަޖެޓު ހަރަދުކުރި ގޮތް ހާމަކުރަން!