Roadha Mihaaru
އޮޑިޓް އޮފީހަށް 50 މިލިއަން ރުފިޔާ ކަނޑައަޅައިފި

އޮޑިޓް އޮފީހަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

24 އޮކްޓޯބަރ 2017

އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި ހުށަހެޅި މާލިއްޔަތު ކޮމެޓީގެ ރިޕޯޓަށް ބަދަލު ނުގެނެސް، އޮޑިޓް އޮފީހުގެ ބަޖެޓް ފާސް ކުރީ 34 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި އިދިކޮޅު މެމްބަރުން ވަނީ އެ ބަޖެޓަށް ތާއީދު ކުރައްވައިފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ރިއާސަތުގައި ޖަލްސާތައް ކުރިއަށް ގެންދާތީ އިދިކޮޅު މެމްބަރުން މިއަދު ވެސް ގެންދެވީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ. އެކަމަކު، ވޯޓު ނެގި ގަޑީގައި އިދިކޮޅު އެއްވެސް މެމްބަރަކު ތަޅުމަކު ނެތެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓް ކަނޑައެޅުމުގެ މަސައްކަތަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެކެވެ. އަދި ކޮންމެ އަހަރަކު ވެސް އޮޑިޓް އޮފީހުން އެ އަހަރަކަށް ލަފާކޮށް ބަޖެޓް ހުށަހަޅަނީ އެ ކޮމެޓީއަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަ ޖެނަރަލްގެ އޮފީހުން ކޮމެޓީ އަށް ހުށަހެޅީ ވެސް 50 މިލިއަން ރުފިޔާ އެވެ.

މި އަހަރު އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި މާލިއްޔަތު ކޮމެޓީން 2016 ގައި ކަނޑައަޅާފައި ވަނީ 45 މިލިއަން ރުފިޔާ އެވެ. އަދި ހަރަދުވާ މިންވަރަށް ބަލާފައި އިތުރު ދެ މިލިއަން ރުފިޔާ އޮޑިޓަ ޖެނެރަލްގެ އޮފީހަށް ލިބޭ ގޮތަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.

އޮޑިޓް އޮފީސް އުފެދުނު ފަހުން މިހާތަނަށް 627 އޮޑިޓް ރިޕޯޓެއް ވަނީ ނިންމައިފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 78 އޮޑިޓް ރިޕޯޓު ވަނީ ނިންމައިފަ އެވެ.