ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުން ނުވިކި ހުރި ތަންތަން ގަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން އެޗްޑީސީން ނިންމައިިފި އެވެ.
25 އޮކްޓޯބަރ 2023
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުން ނުވިކި ހުރި ތަންތަން ގަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން އެޗްޑީސީން ނިންމައިިފި އެވެ.
ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓު ގަތުމަށް ޝަރުތުހަމަވާ މީހުން ބެލުމަށް ފަހު ވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ފްލެޓާ ގުޅުންހުރި މަރުހަލާތައް މި މަހުގެ ނިޔަލަށް ނިމުމުން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިހުތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް އެ އިއުލާންގައިވެ އެވެ.
ވިނަރެސް ފްލެޓްތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލުމުން 1،413 ފަރާތަކުން ފޯމު ހުށަހެޅި އެވެ. "ވިނަރެސް" މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.
● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު
● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ
● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ
● އާބަންކޯއަށް އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ
ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މި ހަފްތާގައި ވަނީ ކުޑަކޮށްފަ އެވެ. އެ ބަދަލާ އެކު، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވެ އެވެ.
ވިނަރެސްގެ ކުލި 10،000ރ. އަށް ހަދަން ޕެޓިޝަނެއް
ވިނަރެސްގެ ބާކީ މައްސަލަ ޖެހުނު ފްލެޓްތަކުގެ ވެރިންނަށް
ވިނަރެސް ފްލެޓަށް ފޯމު ހުށަހެޅުން ފަސްކޮށްފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ބައިގަޑިއިރުތެރޭ ވިނަރެސްގެ ހުރިހާ ފްލެޓެއް ބުކްކޮށްފި!
ވިނަރެސް ފްލެޓް: މާލީ މައުލޫމާތަށް އިތުރު ފުރުސަތެއް
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި މި މަހު ހަވާލުކުރަނީ
ވިނަރެސް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
3 ދުވަސް ތެރޭ ފްލެޓް ލިސްޓާ ގުޅޭ 700އެއްހާ ޝަކުވާ
ފްލެޓް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި