26 އޮކްޓޯބަރ 2023
ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާ އެކު މަގާމު ދަށްވި ޑޮކްޓަރުންނަށް ޕްރޮމޯޝަން ދީފި އެވެ.
ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާ އެކު މަގާމު ދަށްވި ޑޮކްޓަރުންނަށް ޕްރޮމޯޝަން ދީފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި ބުނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަންގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމުން، ކޮންސަލްޓެންޓް ރޭންކުން ސީނިއާ ސްޕެޝަލިސްޓް ރަޖިސްޓްރާގެ ރޭންކަށް ބަދަލުވެފައިވާ ޑޮކްޓަރުންނަށް، އެ އޮނިގަނޑުގެ ކޮންސަލްޓަންޓް ރޭންކަށް ސެޕްޓެމްބަރު 17، 2023 އިން ފެށިގެން ބަދަލުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އެހެންވެ، މަގާމުގެ ރޭންކް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން، ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް ހަދީޖާ ޖަމީލާ "މިހާރު" އަށް މިއަދު ވިދާޅުވީ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަގާމު ދަށްވުމުގެ ކަންބޮޑުވުންތަކާ އެކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅި ކަމަށެވެ.
އެ މަގާމުތަކަށް ބަދަލުތައް ގެންނަން ޕޭ ކޮމިޝަނަށް އެންގީ ރައީސް އޮފީހުންނެވެ.
ސީނިއާ ސްޕެޝަލިސްޓް ރަޖިސްޓްރާ އަކީ އާ އޮނިގަނޑު ޕަބްލިކް ރޭންކް 8 އެވެ. ކޮންސަލްޓަންޓް ރޭންކަކީ 9 އެވެ.
"އަސްލު ޕްރޮމޯޝަނެއް ދެވިގެން މި ދިޔައީ އެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމަށް." ހަދީޖާ ވިދާޅުވި އެވެ.
ސީނިއާ ސްޕެޝަލިސްޓް ރަޖިސްޓްރާއަކަށް މުސާރައިގެ ގޮތުގައި 29،275ރ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 454ރ. ލިބެ އެވެ.
ކޮންސަލްޓަންޓް ސްޕެޝަލިސްޓެއްގެ މުސާރައަކީ 32،632ރ. އެވެ. އިތުރަށް ލިބޭ ހާޒިރީ އެލަވަންސްގެ ގޮތުގައި، ޑިއުޓީ އަދާކުރާ ކޮންމެ ދުވަހަކަށް 506ރ. ލިބެ އެވެ.
ބޭރު ޑޮކްޓަރުންގެ އިތުރު ގަޑީގެ އިނާޔަތުގައި ލިމިޓެއް ނެތް
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
އިތުރު ތަނެއްގައި މަސައްކަތްނުކުރާނަމަ އެލަވަންސެއް
ރިޓަޔާކުރާ އުސޫލަށް ގެނައި ބަދަލާމެދު ހިތްހަމަނުޖެހުން
ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑެއް ނުވި
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
ދައުލަތުގެ މުސާރައިގެ ފަރަގު އަންނަ އަހަރު ނައްތާލެވޭނެ
491 ޑޮކްޓަރަކާއި ނަރުހުންގެ ކަންބޮޑުވުން ރައީސަށް!
ސިވިލް ސާވިސް އިދާރީ މުސާރަ ބޮޑުކުރަން ހުށަހަޅައިފި
ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑި ދޭންޖެހޭ:ވިސާމް