ބޮޑީބޯޑިން ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ގަދަ 10 ގައި މިފަހަރު ވެސް ރާއްޖޭގެ އާމިން އުމަރު މޫސާ ހިމެނިއްޖެ އެވެ.
ބޮޑީބޯޑިން ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ގަދަ 10 ގައި މިފަހަރު ވެސް ރާއްޖޭގެ އާމިން އުމަރު މޫސާ ހިމެނިއްޖެ އެވެ.
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޮންފެޑެރޭޝަން (އައިބީސީ) ން އާންމު ކުރި ރޭންކިންގެ 10 ވަނައިގައި އާމިން ހިމެނުނީ 2.417 ޕޮއިންޓް ހޯދައިގެންނެވެ.
ޖޫނިއާ ރޭންކިންގެ އެއްވަނަ ހޯދީ ޕެރޫގެ މައިކަލް ޔެންސީ އެވެ. އޭނާ ވަނީ 4.250 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދީ ބްރެޒިލް ގިލްރެމޯ މޮންޗެނީގުރޯ އެވެ. އޭނާ އަށް ލިބިފައި ވަނީ 3.655 ޕޮއިންޓެވެ. ޖުމުލަ 3.125 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ސްޕެއިންގެ ކެނެރީ އައިލެންޑްސްގެ ޖޯޖް ހެނާންޑޭޒް އެވެ.
ފުޓްބޯޅައިގެ ތަރި އާމިން ރާޅުތަކުގެ މަތީގައި އުދުހެނީ https://t.co/RlFf2d946p
— Mihaaru (@Mihaarunews) August 4, 2022
މިދިޔަ އަހަރު ޖޫނިއާ ރޭންކިންގެ ތިންވަނައިގައި ހިމެނުނު އާމިން އަށް މިފަހަރު އެ މަގާމުގައި ހިފަހައްޓާ ނުލެވުނީ މިދިޔަ އަހަރު އޭނާ ހޯދި ކާމިޔާބު ދެމެހެއްޓޭ ގޮތް ނުވުމުންނެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އައިބީސީ ވޯލްޑް ޓްއާގެ ޖޫނިއާ ބައިން ފައިނަލަށް އާމިން ދަތުރު ކުރި އެވެ. އެކަމަކު މި އަހަރު މުބާރާތުން އޭނާ އަށް ފައިނަލާ ހަމައަށް ނުދެވުނެވެ. އޭނާ އަށް ފުރުސަތު ގެއްލުނީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ޖޫނިއާ ވޯލްޑް ޗެމްޕިއަން ޖޯޖް ހެނާންޑޭޒް އަތުން ބަލި ވުމުންނެވެ.
އޯގަސްޓް މަހު ރާއްޖޭގައި ބޭއްވި މުބާރާތުގެ ސެމީގެ ހީޓުގައި އާމިން އަށް 7.75 ޕޮއިންޓް ލިބުނުއިރު ހެނާންޑޭޒް ވަނީ 12.25 ޕޮއިންޓް ހޯދައިފަ އެވެ.
ބަނޑުފިލާ ޗެމްޕިއަންކަން 16 އަހަރުގެ އިޔާން އަށް
ރޭސިން ޓްރެކާއި ސާފިން ސްޓޭޑިއަމް ތަރައްގީ ކުރަނީ
ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން ޖާއްޓެ އަށް
އުދައަރައިގެން ވޯލްޑް ޓުއާގެ އިވެންޓްތަކަށް މަޑުޖެހުމެއް
ގައުމީ ބޮޑީބޯޑިން ލީގު މި މަހު ފަށަނީ
އާމިން ފުރަތަމަ ފަހަރަށް ގައުމީ ލީގު ކާމިޔާބުކޮށްފި
ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން އަށް
ބަނޑުފިލާ ޗެމްޕިއަންކަން ފުވައްމުލަކުގެ އަޝްރަފަށް
ފުރަތަމަ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަނަކީ ޖާއްޓެ
ލަބެރަ ޗެލެންޖްގެ ޗެމްޕިއަންކަން ވެސް އާމިން އަށް