މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އަލީ ޖާވިދު (ޖާއްޓެ) ހޯދައިފި އެވެ.
މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އަލީ ޖާވިދު (ޖާއްޓެ) ހޯދައިފި އެވެ.
ލީގު ޗެމްޕިއަންކަން ޖާއްޓެ ހޯދީ، މިމަހު 18 އިން 22 އަށް މާލޭ ވަރުނުލާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ، ގައުމީ ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
ލީގުގައި އެންމެ ފުރަތަމަ އޮތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގައި ޖާއްޓެ ވަނީ ސެމީ ފައިނަލަށް ދަތުރު ކުރި އަށް ބޯޑީބޯޑަރުންގެ ތެރޭގައި ހިމެނިފަ އެވެ.
ބަނޑުފިލާ ޗެލެންޖްގެ މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ ފައިނަލް ހީޓުގައި، ޒުވާން ބޮޑީބޯޑަރު މުހައްމަދު އަޒާން އަހުމަދާ ވާދަކޮށް ޖުމްލަ 9.60 ޕޮއިންޓް ހޯދައިގެން ހީޓު ކާމިޔާބު ކޮށްގެންނެވެ. ފައިނަލްގައި އަޒާން އަށް ހޯދުނީ ޖުމްލަ 9.34 ގެ ސްކޯއެކެވެ.
މޮންސް އޯޕަންގެ ތިންވަނަ އާމިން (ކ) އާއި ޗެމްޕިއަން ޖާއްޓެ އަދި ދެވަނައަށް ދިޔަ އަޒާން (ވ).--
ޖާއްޓެ ފައިނަލަށް ދިޔައީ ސެމީ ފައިނަލް ހީޓުގައި އާމިން އުމަރު މޫސާ ބަލިކޮށްފަ އެވެ. އަދި އަޒާން ފައިނަލަށް ދިޔައީ ރާއްޖޭގެ އެންމެ ކާމިޔާބު އަލީ ޚުޝްރުވާން އަހުމަދު (ކުޑައައްޔަ) ކަޓުވާލައިފަ އެވެ. މެންސް އޯޕަންގެ ތިންވަނަ ލިބުނީ ސެމީގައި ކުޑައައްޔައަށް ވުރެ ރަނގަޅު ސްކޯއެއް ހޯދި އާމިން އަށެވެ.
އަޒާން ވަނީ ޖޫނިއާ އޯޕަން ބައިގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް އޭނާއާ ވާދަކޮށް ފައިނަލް ހީޓުގައި ޖުމްލަ 9.63 ޕޮއިންޓް ސްކޯ ކޮށްގެން އާމިން ވަނީ މި ބައިގެ ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ. ޖޫނިއާ ބައިގެން ފައިނަލްގައި އަޒާން އަށް ލިބުނީ ޖުމްލަ 9.33 ޕޮއިންޓެވެ. ޖޫނިއާ ބައިން ތިންވަނަ ލިބުނީ އިޔާން އަހުމަދަށެވެ.
ޖޫނިއާ ބައިގެ ރަނަރަޕް އަޒާން އާއި ޗެމްޕިއަން އާމިން އަދި ތިންވަނައަށް ދިޔަ އިޔާން.--
މިއާ އެކު ޖޫނިއާ ލީގު ޗެމްޕިއަންކަން ވެސް އާމިން މިވަނީ ދިފާއު ކޮށްފަ އެވެ. އޭނާ ވަނީ މިއަހަރު އޮތް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ބަނޑުފިލާ ޗެލެންޖްގެ ޑްރޮޕްނީ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ ކުޑައައްޔަ އެވެ.އޭނާ ވަނީ ފައިނަލް ހީޓުގައި އާމިން އާ ވާދަކޮށް ޖުމްލަ 11 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އާމިން އަށް ލިބުނީ ޖުމްލަ 6.16 ޕޮއިންޓެވެ.
ޑޮރޮޕްނީ ބައިގެ ރަނަރަޕް އާމިން އާއި ޗެމްޕިއަން ކުޑައައްޔަ އަދި ތިންވަނައަށް ދިޔަ ޔަސީން.--
އަރަމުން އަންނަ ޒުވާން އެތުލީޓުން ކަމަށްވާ ޔަސީން އަހުމަދު ނާޝިދާއި ނޫހު މުހައްމަދު ދުނެއިމް އިރުޝާދު ވަނީ މި ބައިގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. މި ބައިގެ ތިންވަނަ ލިބުނީ ދެ އެތުލީޓުންގެ ތެރެއިން އެންމެ މަތީ ސްކޯ އެއް ހޯދި ޔަސީން އަށެވެ.
ޖޫން މަހު އޮތް ބުރުނު ޝިކާރުގައި ވެސް ޑްރޮޕްނީ ބައިން އެއްވަނަ ހޯދީ ކުޑައައްޔަ އެވެ.
ގައުމީ ލީގުގެ އެންމެ މޮޅު ޓީމަމަށް ހޮވިފައި ވަނީ ޓީމް މާލެ އެވެ. މާލެ ޓީމުގައި ހިމެނެނީ ކުޑައައްޔަ އާއި އާމިން އަދި އިޔާން އާއި ޔަސީން އެވެ.
ބަނޑުފިލާ ޗެމްޕިއަންކަން 16 އަހަރުގެ އިޔާން އަށް
ރޭސިން ޓްރެކާއި ސާފިން ސްޓޭޑިއަމް ތަރައްގީ ކުރަނީ
ބޮޑީބޯޑިން ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި އާމިން
އުދައަރައިގެން ވޯލްޑް ޓުއާގެ އިވެންޓްތަކަށް މަޑުޖެހުމެއް
ގައުމީ ބޮޑީބޯޑިން ލީގު މި މަހު ފަށަނީ
އާމިން ފުރަތަމަ ފަހަރަށް ގައުމީ ލީގު ކާމިޔާބުކޮށްފި
ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން އަށް
ބަނޑުފިލާ ޗެމްޕިއަންކަން ފުވައްމުލަކުގެ އަޝްރަފަށް
ފުރަތަމަ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަނަކީ ޖާއްޓެ
ލަބެރަ ޗެލެންޖްގެ ޗެމްޕިއަންކަން ވެސް އާމިން އަށް