01 ނޮވެމްބަރ 2023
ލޫސޭން (ނޮވެމްބަރު 1) - އޮސްޓްރޭލިއާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ނުކުރާތީ، ސައުދީ އަރަބިއާ އަށް ބިޑް ކާމިޔާބު ވާނެކަމުގެ ޔަގީންކަން ލިބިއްޖެ އެވެ.
ލޫސޭން (ނޮވެމްބަރު 1) - އޮސްޓްރޭލިއާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ނުކުރާތީ، ސައުދީ އަރަބިއާ އަށް ބިޑް ކާމިޔާބު ވާނެކަމުގެ ޔަގީންކަން ލިބިއްޖެ އެވެ.
މިމަހުގެ ކުރީކޮޅު ފީފާ އިން ވަނީ 2034 ގެ މުބާރާތް ބާއްވަން އޭޝިއާ އަދި އޯޝޭނިއާގެ ގައުމުތަކަށް ބިޑް ކުރަން ހުޅުވާލައިފަ އެވެ. ފުރުސަތު ހުޅުވާލުމާ އެކު މާ ގިނައިރެއް ނުވެ ސައުދީ އަރަބިއްޔާ އިން ވަނީ މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ރަސްމީކޮށް ބިޑް ހުށަހެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައި ވާއިރު، މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރި އޮސްޓްރޭލިއާ ވަނީ ބިޑް ހުށަނާޅާން ނިންމައިފަ އެވެ. އޮސްޓްރޭލިއާ އިން ބުނީ އެ ގައުމުން އެންމެ ބޮޑަށް އަމާޒު ކުރަނީ 2026 ގެ އަންހެނުންގެ އޭޝިއަން ކަޕާއި 2029 ގެ ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވަން ބިޑް ކުރާށެވެ. މިއާ އެކު 2034 ގެ ފީފާ ވޯލްޑް ކަޕް ބާއްވަން ބިޑް ކުރި ހަމައެކަނި ގައުމަކީ ސައުދީ އަރަބިއްޔާ އެވެ.
"ފީފާ ކައުންސިލުން ފާސް ކޮށްފައިވާ ބިޑިން ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް 2030 އަދި 2034 ގެ ވޯލްޑް ކަޕްގެ ބިޑްތައް ދިރާސާކުރުމުގެ ކަންކަން ކުރިއަށް ދާނެ. އަދި މި އަހަރުތަކުގައި މުބާރާތް ބާއްވާނެ ގައުމުތައް 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އޮންނަ ފީފާ ކޮންގްރެސްގައި ރަސްމީކޮށް އިއުލާން ކުރާނެ،" ފީފާ އިން ބުންޏެވެ.
ފީފާ ކައުންސިލުން ފާސްކުރި ބިޑިން ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގައި ފީފާގެ ބެލުމުދަށުން ވޯލްޑް ކަޕްގެ 2030 އަދި 2034 ވަނަ އަހަރުގެ އެޑިޝަނަށް ބިޑް ދިރާކުރުން ކުރިއަށް ގެންދާނެ ކަމަށާއި، ހޯސްޓުން އައްޔަންކުރާނީ ފީފާ ކޮންގްރެސްތަކުން ކަމަށް ބެލެވެނީ 2024 ހަތަރު ވަނަ ކުއާޓަރުގެ ނިޔަލަށް ކަމަށް ފީފާ އިން ބުންޏެވެ.
އެންމެ އަވަހަށް ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައި ވަނީ 2026 ގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. އެއަށް ފަހު 2030 ގައި ވޯލްޑް ކަޕަށް ގަރުނެއް ފުރޭ މުބާރާތް ބާއްވަން އެފްރިކާ ބައްރުގެ މޮރޮކޯ އާއި ޔޫރަޕްގެ ޕޯޗުގަލް އާއި ސްޕެއިން ގުޅިގެން ކުރި ބިޑް ކާމިޔާބު ކޮށްފައި ވާއިރު އެ މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅުވަން ހަމަޖެހިފައި ވަނީ ދެކުނު އެމެރިކާ ބައްރުގެ އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭގަ އެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕް 1930 ގައި ބޭއްވީ އުރުގުއޭގަ އެވެ.
ދެން 2034 ގައި އޭޝިއާ ބައްރުގެ ސައުދީ އަރަބިއްޔާގައި ވޯލްޑް ކަޕް ބާއްވަން ނިންމާފައި ވާކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސޯޝަލް މީޑީއާގައި ވިދާޅުވެފައި ވެއެވެ.
"ތިން މުބާރާތުގެ މެޗުތައް ފަސް ބައްރެއްގެ 10 ގައުމެއްގައި މެޗު ކުޅެން ހަމަޖެހިއްޖެ. މިއިން އެނގެނީ ފުޓްބޯޅައިގައި މުޅި ދުނިޔެ ވެސް ޝާމިލް ވާކަން،" ވޯލްޑް ކަޕްގެ ކުރިއަށް އޮތް ތިން މުބާރާތް ބާއްވާ ގައުމުތައް ހާމަކުރަމުން އިންފަންޓީނޯ ލިޔެފައި ވެއެވެ.
ސައުދީން 2034ގެ ވޯލްޑްކަޕަށް ރަސްމީކޮށް ހުށަހަޅައިފި
ގަރުނެއް ފުރޭ ވޯލްޑް ކަޕް ބާއްވަނީ ތިން ބައްރުގައި
ފީފާ އެޕް: މެޗް ކުޅޭއިރު ނުލިބޭނެ މައުލޫމާތެއް ނެތް
އަނގަމަތި ނިވާކޮށްގެން ޖަރުމަނުން ހަޅުތާލުކޮށްފި
ބޮލަށް އަނިޔާވި ކީޕަރަށް ކުޅެން ހުއްދަދިން މައްސަލަ
ވޯލްޑް ކަޕް ބޯޅައިގައިވާ ކުޑަ ޗިޕަކުން ބޮޑު މަންޒަރެއް
ޕެލޭ، މެރަޑޯނާ ކުޅުނު ދަނޑަށް ތިންވަނަ ވޯލްޑް ކަޕް
އިޓަލީ އަށް ވޯލްޑް ކަޕުގެ ފުރުސަތު ލިބިދާނެ!
އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕަކަށް
4 އަހަރުން ދެ ވޯލްޑްކަޕް: 3 ބިލިއަނުގެ ފަައިދާއެއް