Roadha Mihaaru
އަނގަމަތި ނިވާކޮށްގެން ޖަރުމަނުން ހަޅުތާލުކޮށްފި

ޖަރުމަނަކަށް ހަޖަމެއް ނުވި، އަނގަމަތި ނިވާކޮށްގެން ހަޅުތާލުކޮށްފި

23 ނޮވެމްބަރ 2022

އަލް ރައްޔާން (ނޮވެމްބަރު 23) - މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި މިއަދު ޖަޕާނާ ދެކޮޅަށް ކުޅުނު މެޗަށް ނުކުމެ ޖަރުމަންގެ ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފި އެވެ.

އަލް ރައްޔާން (ނޮވެމްބަރު 23) - މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި މިއަދު ޖަޕާނާ ދެކޮޅަށް ކުޅުނު މެޗަށް ނުކުމެ ޖަރުމަންގެ ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފި އެވެ.

މެޗު ފެށުމުގެ ކުރިން، ޖަރުމަންގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންގެ ރަސްމީ ފޮޓޯ ނަގަން ކުޅުންތެރިން މަޑުކޮށްލައިގެން ތިބެ ފޮޓޯ އަށް ހުއްޓުނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ އެވެ.

ޖަރުމަންގެ ކުޅުންތެރިން ހަޅުތާލު ކުރީ، ވިއްސާރަ ދުނީގެ ކުލަތައް ހިމަނައިގެން ފަރުމާކޮށްފައިވާ ކެޕްޓަން ބޭންޑް ނޭޅޭތީ އެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމުގެ ގޮތުން ޖަރުމަން ހިމެނޭ ގޮތަށް ޔޫރަޕްގެ ހަތް ގައުމަކުން ވަނީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ކުރިން ބުނެފަ އެވެ.

އަނެއް ހަ ގައުމަކީ، ބެލްޖިއަމް، ޑެންމާކު، ނެދަލެންޑްސް، ސްވިޒަލެންޑް، އިންގްލެންޑް އަދި ވޭލްސް އެވެ.

ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފޭސާ (ކ) އާއި ޖަރުމަން ފުޓްބޯޅަ އިދާރާގެ ރައީސް ބާންޑް ނޮއިއެންޑޯފް މެޗު ބައްލަވާ ލެއްވުމަށް ދަނޑުގައި --- ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފޭސާ (ކ) އާއި ޖަރުމަން ފުޓްބޯޅަ އިދާރާގެ ރައީސް ބާންޑް ނޮއިއެންޑޯފް މެޗު ބައްލަވާ ލެއްވުމަށް ދަނޑުގައި --- ފޮޓޯ: ގެޓީ އިމޭޖަސް

އެކަމަކު މިދިޔަ ހޯމަ ދުވަހު ހަތް ގައުމުގެ ފުޓްބޯޅަ އިދާރާތަކުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރީނދޫ ކާޑެއް ދެއްކުމުގެ ބިރު އޮވެދާނެތީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް ނާޅާނެ ކަމަށެވެ.

މިއަދު މެޗު ބައްލަވާލެއްވުމަށް، ގަތަރުގެ އަލް ރައްޔާންގެ ޚަލީފާ ސްޓޭޑިއަމަށް ވަޑައިގެންނެވި ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފޭސާ، ދަނޑުގެ ސްޓޭންޑްގައި އިންނެވީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް އަޅުއްވައިގެންނެވެ. އޭނާގެ އަރިހުގައި ޖަރުމަން ފުޓްބޯޅަ އިދާރާގެ ރައީސް ބާންޑް ނޮއިއެންޑޯފް ވެސް ހުންނެވި އެވެ.

ގަތަރުގައި އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ ކަމަށް ބުނެ ޝަކުވާ ކުރި ޖަރުމަނަކީ އެ ގައުމަށް ހިޖުރަކުރާ މުސްލިމު ގައުމުތަކުގެ ރެފިއުޖީންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ގައުމެކެވެ. މިދިޔަ އަހަރު އަފްގާނިސްތާނުގެ ބާރުވެރިކަން ތޯލިބާނުން ހޯދުމުން އެ ގައުމު ދޫކޮށް ދިޔަ ރެފިއުޖީންނަށް އެހީވާން ވެސް ޖަރުމަނުން ދެކޮޅު ހެދިކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވޯލްޑް ކަޕް ފެށުމުގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ހިންގާ އިސްލާމް ފޯބިއާ ހަރަކާތްތައް މިފަހަކަށް އައިސް ޖަރުމަންގައި ވަނީ ފުޅާ ވެފަ އެވެ. އެކަން ހުއްޓުވުމަށް ޖަރުމަންގެ ސަރުކާރުން މަސައްކަތް ނުކުރާތީ އެ ގައުމަށް އޮތް ފާޑުކިޔުން ވެސް ބޮޑެވެ.