އާބާދީގައި ގާތްގަނޑަކަށް 500 މީހުން ދިރިއުޅޭ އއ. ހިމަންދޫން ފަލަސްތީން ފަންޑަށް 230،000ރ. ޖަމާކޮށްފި އެވެ.
01 ނޮވެމްބަރ 2023
އާބާދީގައި ގާތްގަނޑަކަށް 500 މީހުން ދިރިއުޅޭ އއ. ހިމަންދޫން ފަލަސްތީން ފަންޑަށް 230،000ރ. ޖަމާކޮށްފި އެވެ.
އެއީ އިޒުރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް ހިމަންދޫގައި ހިންގި ފަންޑްރެއިޒިން އިވެންޓުން ލިބުނު ފައިސާ އެވެ. އެ އިވެންޓު އިންތިޒާމު ކުރީ ހިމަންދޫ އިންޖީނުގެ ހިންގާ ސްޓެލްކޯގެ މުވައްޒަފުންނެވެ.
ފަލަސްތީން ފަންޑަށް ފައިސާ އެއްކުރަން އއ. ހިމަންދޫގައި ބޭއްވި ފަންޑްރެއިޒިން އިވެންޓުގައި އިސްކޮށް އުޅުނު އެ ރަށުގެ މީހުން.-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ހިމަންދޫގެ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކާއި ޓީމުތަކާ އަދި ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތަށް ބޭއްވި "ހިމަންދޫ ރައްޔިތުން ފަލަސްތީނާ އެކު" އިވެންޓުން 230،000ރ. ލިބިފައިވާ ކަމަށެވެ.
އެ ފައިސާ މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މިފަދަ ކަންކަމުގައި އަޅުގަނޑުމެންގެ މުވައްޒަފުން އަބަދުވެސް ދައްކަވަމުން ގެންދާ ނަމޫނާއަށް ފަހުރުވެރިކަމާ އެކު ޝުކުރު ދަންނަވަން،" އެ ކުންފުނިން ބުންޏެވެ.
ފަލަސްތީން ފަންޑަށް ފައިސާ އެއްކުރަން އއ. ހިމަންދޫގައި ބޭއްވި ފަންޑްރެއިޒިން އިވެންޓުގައި ސްޓެލްކޯގެ މުވައްޒަފުން ބާބަކިއު ހަދަނީ.-- ފޮޓޯ: ސްޓެލްކޯ
ފަލަސްތީނަށް އެހީ ފޯރުކޮށްދޭން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ހުޅުވާލާފައިވާ ފަންޑަށް މިހާތަނަށް ވަނީ 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.
އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީވާން ރާއްޖޭގެ އެކި ރަށްރަށުގައި އަންނަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެކި ކުންފުނިތަކާއި ޖަމިއްޔާތަކާއި އާންމުން ވެސް އަންނަނީ ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދެމުންނެވެ.
ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި
އެމްއެފްއޭ އިން މާދަމާ މަހަށް؛ ފައިސާ ފަލަސްތީނަށް
އައިއޭސީގެ ފަލަސްތީން ފަންޑަށް 23 މިލިއަން ރުފިޔާ
އައިއޭސީން ތުހުމަތުތައް ދޮގުކޮށް، އޮޑިޓް ރިޕޯޓް ނެރެނީ
ފަލަސްތީނަށް އެހީ ހުއްޓުވާ މައްސަލާގައި ބަޔާން ދީފި
ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭ: ރައީސް
ފަލަސްތީނާ ބެހޭ ގަރާރަށް ރާއްޖެއިން ތާއީދުކޮށްފި
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި