03 ނޮވެމްބަރ 2023
ވޭތުވެދިޔަ ފަސް އަހަރުގެ މަސައްކަތުން ފުލުހުންގެ އިދާރާއަށް އާންމުންގެ އިތުބާރާއި ޔަގީންކަން ބޮޑުވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ މަސައްކަތުން ފުލުހުންގެ އިދާރާއަށް އާންމުންގެ އިތުބާރާއި ޔަގީންކަން ބޮޑުވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިމަހުގެ 11 ވަނަ ދުވަހު ރިޓަޔަކުރައްވަން ނިންމަވާފައިވާ ހަމީދު ކުރެއްވި ޕޯސްްޓެއްގައި ވިދާޅުވީ މަގުމަތީގައި ހިނގާ ގްރޫޕް މާރާމާރީތައް މަދުކުރުމުގެ ގޮތުން ބޮޑެތި އާބާދީތަކަށް ހާއްސަކޮށް ޕްލޭންތައް އެކުލަވާލައިގެން ފާއިތުވި މުއްދަތުގެ ތެރޭގައި މަސަައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އޮޕަރޭޝަންތަކުގައި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުން އިތުރުކޮށް، ބޮޑީ ވޯން ކެމެރާ ފަދަ އާލާތްތައް ބޭނުންކުރުމާއި އައްޑޫގައި ތަރައްގީކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ ވެސް އެ އިދާރާއިން ހޯދި ކާމިޔާބީ ކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގައި ހުންނަވާ ހަމީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފުލުހުންގެ މުވައްސަސާއިން ހޯދި އެފަދަ ކާމިޔާބީތަކަކީ އެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހީވާގި މަސައްކަތުން ހޯދުނު ކާމިޔާބީތަކެއް ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.
ހަމީދު ވިދާޅުވީ ކުރިމަގުގައި ވެސް ފުލުހުންގެ އިދާރާއަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް އެ މަސައްކަތްތައް އެގޮތުގައި ދަމަހައްޓައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ކުރަންވާނެ ކަމަށެވެ. އަދި ކުރިއަށް އަންނަ ލީޑާޝިޕްގެ ބެލުމުގެ ދަށުން ވެސް އެގޮތުގައި މަސައްކަތްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރި މަސައްކަތްތައް އަދި ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ފުލުހުންނަށް އާންމުން ކުރާ އިތުބާރާއި ޔަގީންކަން ވަނީ ބޮޑުވެފައި. ކުރިއަށް އޮތްތަނުގައި ވެސް އާންމުންގެ އިތުބާރު ދެމެހެއްޓުމަށް އެ މަސަައްކަތްތައް އެގޮތަށް ކުރަންޖެހޭ،" ސީޕީގެ ޕޯސްޓުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދަތިތަކެއް ކުރިމަތިވިޔަސް ފުލުހުންގެ 2019-2024 ގެ ސްޓްރެޓެޖިކް ޕްލޭންގެ ގިނަ އަމާޒުތައް ހާސިލުކުރެވުނުކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ފުލުހުންގެ ހިދުމަތް ރީސްޓްރަކްޗާ ކުރުމާއި އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފުކޮށް ހިދުމަތްދޭން ފެށުމާއި ގާނޫނީ ގޮތުން ފުލުހުންގެ ހިދުމަތަށް ގެނެވޭނެ ބަދަލުތަކާއި ޑްރަގް ޓްރެފިކް ކުރުމާއި ދުރާލާ ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުކުރުމުގައި ވެސް ކާމިޔާބީ ހޯދިފައިވާކަމަށް ވިދާޅުވި އެވެ.
ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް:ސިވިލް ކޯޓް
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުމެއްޖެ
މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސްގެ ޓާސްކްފޯހެއް
ތިން އޮފިސަރަކު ވަކިކުރުން ހުއްޓުވައިފި
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
ޖަމްޝީދާއި ޓޫފޯ ވަކިކުރަން ކޮމިޝަނަރު ނޯޓިސް ފޮނުވައިފި
ފުލުހުންގެ ފްލެޓް ނިންމަން އެހެން ކުންފުންޏެއް!
ބޯޑުގެ ނިންމުން ތަންފީޒުކުރުން ކޮމިޝަނަރަށް ލަހެއް ނޫން
އޮފިސަރުން ވަކިކުރަން ލަފާ ދީފި، ތަންފީޒެއް ނުކުރޭ