Roadha Mihaaru
އެއާޕޯޓް އިމިގްރޭޝަންގެ ހިދުމަތް މިއަދު ލަސްވެދާނެ

ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ހިދުމަތްތައް ލަސްވެދާނެ: އެމްއޭސީއެލް

04 ނޮވެމްބަރ 2023

ސިސްޓަމަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ހިދުމަތްތައް މިއަދު ލަސްވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސިސްޓަމަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ހިދުމަތްތައް މިއަދު ލަސްވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެފައި ވަނީ އިމިގްރޭޝަން ކައުންޓަރުތަކުގައި ބޭނުންކުރާ ސިސްޓަމްތަކަށް ކަމަށެވެ. އޭގެ ސަބަބުން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް ވެދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާޕޯޓުގެ ފަންނީ މުވައްޒަފުން އެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

"އެކަމާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށްޓަކައި މާފަށް އެދެން،" ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އެ ކުންފުނި އެމްއޭސީއެލް އިން ބުންޏެވެ.