06 ނޮވެމްބަރ 2023
ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަށައިގެން ކުރަމުންދާ ހަނގުރާމަ އަށް މިއަދު އެއް މަސް ފުރުނު އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 12 ހާހުން މައްޗަށް އަރައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަށައިގެން ކުރަމުންދާ ހަނގުރާމަ އަށް މިއަދު އެއް މަސް ފުރުނު އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 12 ހާހުން މައްޗަށް އަރައިފި އެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، މި ހަނގުރާމަ އަށް އެއް މަސް ފުރި ދެ ވަނަ މަހަށް ފެށުނު އިރު، ޣައްޒާ އިން ޝަހީދުވި ކަމަށް ކަށަވަރުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 9770 އެވެ. ނަމަވެސް އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 2200 އަށް ވުރެ މައްޗަށް އަރާފައިވާތީ، އެ އެންމެންނަކީ ވެސް ދުނިޔޭގައި ނެތް މީހުންގެ ގޮތުގައި ބަލަންޖެހެ އެވެ.
އެހެންކަމުން، އިޒްރޭލުގެ ހަމަލާތަކުގައި އެއް މަސް ދުވަހުގެ ތެރޭގައި ޣައްޒާ އިން ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 12000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. މަރުވެފައިކަން ކަށަވަރު ކުރެވިފައިވާ 9770 މީހުންގެ ތެރޭގައި 4800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2600 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އޭގެ އިތުރުން އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދޭން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 24800 އަށް ވުރެ މަތިވެފަ އެވެ. ޒަޚަމްވެގެން ހޮސްޕިޓަލުތަކަށް ގެނައި ކިތަންމެ ބަޔަކު، އެކަށީގެންވާ ފަރުވާ ދެވެން ނެތުމުގެ ސަބަބުން މި ދުނިޔެ ދޫކޮށްފައިވާ ކަމަށް ޣައްޒާގެ ހޮސްޕިޓަލުތަކުން ބުނެ އެވެ.
އެކާވީސް ވަނަ ސައްތައިގައި މިހާތަނަށް ސަރުކާރަކުން ހިންގާ އެންމެ ބޮޑު ގަތުލުއާންމު އިޒްރޭލުން ކުރިއަށް ގެންދާއިރު، އެކަމަށް ހިތްވަރު ދެނީ އެމެރިކާ، އިނގިރޭސި ވިލާތް، ޖަރުމަން ވިލާތް އަދި ފަރަންސޭސި ވިލާތާއި ހުޅަނގުގެ ބައެއް ގައުމުތަކުންނެވެ. އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ހުއްޓައިލުމަށް ދުނިޔޭގެ ގައުމުތަކުން ގޮވާލަމުން ދާއިރު، އިޒްރޭލުން ބުނަނީ ހަމާސް ނައްތައިލުމަށް ފަހުގައި ނޫނީ ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.
ޣައްޒާގެ ރައްޔިތުން ގަތުލުކުރުމަށް އިޒްރޭލަށް މިހާރު ވެސް ހަތިޔާރުތައް ފޮނުވަމުންދާ އެމެރިކާ އިން ބުނަނީ ހަމަލާތައް ހުއްޓައިލަން ތާއީދު ނުކުރާ ކަމަށާއި އެކަމަށް އިޒްރޭލަށް ބާރު ވެސް ނާޅާނެ ކަމަށެވެ. ސަބަބެއް ކަމަށް އިޒްރޭލާއި އެމެރިކާ އިން ބުނަނީ، ހަމަލާތައް ހުއްޓާލައިފި ނަމަ ނުވަތަ މެދުކަނޑާލައިފި ނަމަ، ހަމާސްގެ ހަނގުރާމަވެރިން އިހުނަށްވުރެ ބާރު ގަދަވެ، އިޒްރޭލަށް އިތުރު ހަމަލާތައް ދޭނެ ކަމަށެވެ.
އިޒްރޭލުން ގާޒާ އަށް ދިން ހަމަލާގައި ޒަހަމްވި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ.
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ މިއަދު ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމަށް އޮތް ހަމައެކަނި ޝަރުތަކީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ރަހީނުކޮށްފައިވާ އެންމެން މިނިވަން ކުރުމެވެ.
"އަހަރެމެންގެ ރަހީނުން އެނބުރި ނާންނަނީސް ހަނގުރާމަ ހުއްޓައިލުމެއް ނެތް. މިވާހަކަ މި ބުނަނީ އަހަރެމެންގެ އަދުއްވުންނަށާއި އަހަރެމެންގެ އެކުވެރިންނަށް. އެމީހުން ބަލިކޮށްލެވެންދެން އަހަރެމެން މި ގޮތުގައި ކުރިއަށް ދާނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.
އޭނާ މި މޭރުމުން އިންޒާރުކުރި އިރު، ހަމާސް އިން އިއްޔެ ބުނެފައިވަނީ އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ރަހީނުންގެ ތެރެއިން މިހާތަނަށް 60 މީހުން މަރުވެފައިވާ ކަމަށެވެ. އަދި މަރުވި 60 މީހުންގެ ތެރެއިން 23 މީހެއްގެ ހަށިގަނޑު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނުނެގޭ ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް ދެ ވަނަ މަހަށް ފެށިގެން ދިޔައިރު، ފަލަސްތީނުގެ 9770 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 24800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2600 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2200 އަށް ވުރެ މަތިވެފަ އެވެ.
އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 345 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5400 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 345 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން
ސުލްހައިގެ މަޝްވަރާތަކުން އިޒްރޭލު ވަކިވެއްޖެ
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ގާޒާގެ އަމަން ބަލަހައްޓާނީ އިޒްރޭލުން: ނަތަންޔާހޫ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ހަނގުރާމަ ހުއްޓާނީ ހަމާސްގެ އެންމެން މަރާފައި:އިޒްރޭލް
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް