ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
29 ޖޫން 2025
ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފެއްދެވިކަން ރައީސް އިއުލާންކުރެއްވީ ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި އުފެއްދެވީ، ރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެ އެވެ. އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަން ވެސް ބަޔާންކުރައްވާފައިވެ އެވެ.
ރާއްޖެ އާއި ގަތަރާ ދެމެދުގައި ޚާރިޖީ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރީ މެއި 26، 1984 ގަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެއިން އެ ގައުމާއެކު ޚާރިޖީ ގުޅުން ކަނޑާލި އެވެ.
އޭގެ ތިން އަހަރު ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާޗު 15، 2021 ގައި ރާއްޖެއިން ވަނީ ގަތަރާ އެކު އަލުން ޚާރިޖީ ގުޅުން ގާއިމްކޮށްފަ އެވެ.
ގަތަރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައަޅާފައި ހުރެ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވި ޖާސިމް ބިން ޖާބިރު ޖޭ ބީ އަލް-ސުރޫރެވެ. އޭނާ ހުންނަވަނީ ސްރީލަންކާގަ އެވެ.
ލިތުއޭނިޔާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރެއް
ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ގަތަރަށް
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟
ގަތަރުގެ ރައްޔިތުން ރާއްޖެ އައުމަށް ހުރަހެއް ނެތް: މިނިސްޓްރީ
މިނިވަންކަމެއް ނެތް، ރާއްޖެ މިއޮތީ "އަޅުވެތި"ވެފައި!
ގަތަރާ ގުޅުން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒަކުން ނޫން
ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް؛ އެއްބާރުލުން ދޭނެ!
އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްކަމަށް ރާއްޖެ