އާރްޑީސީގެ މެނޭޖަރަކު މަސްތުވާތަކެއްޗާއި ރަލާ އެކު ރޭ ހައްޔަރުކޮށްފި އެވެ.
15 ނޮވެމްބަރ 2023
އާރްޑީސީގެ މެނޭޖަރަކު މަސްތުވާތަކެއްޗާއި ރަލާ އެކު ރޭ ހައްޔަރުކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އާރްޑީސީގެ 13 މިލިއަން ރުފިޔާގެ ޚިޔާނާތަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އިއްޔެ އާރްޑީސީގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރި އިރު ރޭގެ ވަގުތެއްގައި އެތަނުގެ މެނޭޖަރެއްގެ ގެޔަށް ވެސް ވަނީ ވަދެފަ އެވެ.
އޭނާ އުޅޭ ތަން ފާސްކުރި އިރު ބަނގުރާ ހުސްކުރި ފުޅި އާއި މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައިވާ ކަމަށް ވަނީ އެނގިފަ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އާރްޑީސީގެ އޮފީހަށް ފުލުހުން އިއްޔެ ހެނދުނު ވަދެ ރޭ ވަރަށް ލަސްވަންދެން ވެސް އުޅުނެވެ. ފުލުހުން ދިޔައީ އެތަނުން ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހިފައިގެންނެވެ.
އާރުޑީސީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިން ފެށިގެން ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ވާތީ އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސުން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ތަހުގީގު ފެށުމާ އެކު ބުނެފައި ވަނީ އެއީ ޕެޓީ ކޭޝް ފައިސާ ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ފުލުހުންގެ އޮޕަރޭޝަނާ ގުޅޭގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އެއްވެސް ކަމެއް ނުވާ ކަމަށާއި އެ އޮފީހަށް ފުލުހުން ވަނީ "ހެޑްލައިން ހަދަން" ކަމަށެވެ. އަދި އޭނާ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފާޑު ވިދާޅުވެފަ އެވެ.
ބަނގުރަލާ އެކު ހައްޔަރުކުރި 3 ބިދޭސީން ޑީޕޯޓްކޮށްލަނީ
ފަޅުރަށަކަށް ބަނގުރާ ހިފައިގެން ދަނިިކޮށް ހައްޔަރުކޮށްފި
އާރްޑީސީގެ މެނޭޖަރު ޑްރަގް ބޭނުންކުރާ ކަމަށް އެއްބަސް
ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކަށް ޖޫރިމަނާ
ޑްރަގަށް ތިން އަހަރު، ބަނގުރަލަށް 27 ދުވަސް!
ބަނގުރަލާއެކު 200،000ރ. ހޯދައިިފި
2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފި
ފުލުހަކު ބަނގުރާ ފުޅިއަކާ އެކު ހައްޔަރުކޮށްފި
ފުލުހުން ވަނުމުން ބަނގުރާ ފުޅިތައް އުކާލީ މަގުމައްޗަށް
މާލޭގައި ބަނގުރާ "ފެކްޓަރީއެއް"! 800 ފުޅި ރާ!