Roadha Mihaaru
ބަނގުރަލާ އެކު ހައްޔަރުކުރި 3 ބިދޭސީން ޑީޕޯޓްކޮށްލަނީ

ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކުރި ތިން ބިދޭސީން ޑީޕޯޓްކޮށްލަނީ

24 ޖުލައި 2024

ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން ބިދޭސީން އިއްޔެ ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން ބިދޭސީން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ބަލާ ފާސްކޮށް 24 އަަހަރާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ތިން މީހުން ވެސް ޑީޕޯޓުކުރަން އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.