އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދޭން ނިންމާފައި ވިޔަސް އެފަދަ ހަފުލާއަކަށް ވަޑައިގަތުމުގެ ހުއްދައަކަށް އެމަނިކުފާނު އެދިވަޑައިގެންފައިނުވާ ކަމަށް ކަރެކްޝަންސުން ބުނެފި އެވެ.
15 ނޮވެމްބަރ 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދޭން ނިންމާފައި ވިޔަސް އެފަދަ ހަފުލާއަކަށް ވަޑައިގަތުމުގެ ހުއްދައަކަށް އެމަނިކުފާނު އެދިވަޑައިގެންފައިނުވާ ކަމަށް ކަރެކްޝަންސުން ބުނެފި އެވެ.
ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާ ޔާމީނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ދައުވަތު ދެއްވައިފަ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންގެ އަހުމަދު މުހައްމަދުފުޅު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ޔާމީނަށް ދައުވަތު ދެއްވާ ނަމަ އެކަން ޕްރިޒަންސްއަށް އަންގަން ޖެހޭނެ އެވެ. ޔާމީނަށް ވަޑައިގެންނެވޭތޯ ނުވަތަ ނޫންތޯ ނިންމާނީ އެއަށް ފަހު ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް ދައުވަތު ދީފައިވާކަމަށް މަޖިލިސް އިދާރާއިން ބުނި ނަމަވެސް، ދައުވަތު ދީފައިވާކަން އަންގާފައިނުވާ ކަމަށް ވެސް ކަރެކްޝަންސްގެ އޮފިޝަލު މިއަދު ވިދާޅުވި އެވެ. އަދި މިހާތަނަށް އެފަދަ ހުއްދައަކަށް ޔާމީން ވެސް އެދިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވި އެވެ.
ޖަލު ހުކުމެއް އިއްވާފައި އޮތަސް، ރިޔާސީ އިންތިހާބަށް ފަހު، މިދިޔަ އޮކްޓޫބަރުގައި ޔާމީން ގެއަށް ބަދަލުކުރި އެވެ. އެއަށްފަހު މާލެ ތެރޭގައި އުޅޭވޭގޮތަށް ޝަރުތު ތަކަކާ އެކު މިދިޔަ މަހު 28 ގައި އިތުރު ލުއިތަކެއް ދިނެވެ. އެއީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ ދެއްވި ލުއިތަކެކެވެ.
ޔާމީން ގެއަށް ބަދަލު ކުރުމަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އެފަދަ ހަފްލާތަކަށް ވަޑައިގަތުން ނުހިމެނެ އެވެ.
ޔާމީން ގޭބަންދަށް ބަދަލުކޮށް ލުއިދީފައިވަނީ، ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ކާމިޔާބު ހޯދެއްވުމާ އެކު އެވެ.
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
ހުވާކުރުމުގެ ރަސްމިއްޔާތަށް ޔާމީން ވަޑައިނުގަންނަވާނެ!
ހުވާކުރައްވާ ރަސްމިއްުޔާތުގައި 46 ގައުމެއްގެ މަންދޫބުން
ހުވާކުރައްވާ ރަސްމިއްޔާތަށް ޔާމީނަކަށް ވަޑައިނުގެންނެެވޭނެ
ހުވާ ކުރާ ރަސްމިއްޔާތަށް ޔާމީނަށް ދައުވަތު ދޭނެ
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ކަފުން ވެދާނެ ވަގުތުކޮޅު
ހުވާކުރާ ރަސްމިއްޔާތަށް ސަރަަހައްދުގެ ވެރިންނަށް ދައުވަތު
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ
ޕީޕީއެމް މީހުން ޕީއެންސީއަށް ގެންނަން މުއިއްޒު ދެކޮޅު