Roadha Mihaaru
ހުވާކުރުމުގެ ރަސްމިއްޔާތަށް ޔާމީން ވަޑައިނުގަންނަވާނެ!

ހުވާކުރުމުގެ ރަސްމިއްޔާތަށް ޔާމީން ވަޑައިނުގަންނަވާނެ!

16 ނޮވެމްބަރ 2023

ކުރިއަށް އޮތް ފަސް އަހަރަށް، ޑރ. މުހަންމަދު މުއިއްޒު ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވަން މާދަމާ ބައްވާ ހާއްސަ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިނުގަންނަވަން ނިންމަވައިފި އެވެ.

މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ވަނީ ދައުވަތު ވެސް ފޮނުވައިފަ އެވެ.

އެކަމަކު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެ ކަހަލަ ޖަލްސާއެއްގައި ބައިވެރިވުމަކީ އެ ޖަލްސާގެ ކަރާމާތަށް އުނިކަން ލިބޭނެ ކަމެއް ކަމަށް ވިދާޅުވެ މަޖިލީހަށް އެމަނިކުފާނު ވަނީ އެކަން އަންގަވައިފަ އެވެ. އަދި އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ގަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން މިވަގުތު ހުރީ ގެއަށް ބަދަލުކޮށްފަ އެވެ.

ފަސް އަހަރަށް ރައީސް ކަމުގެ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.