އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވަން މާދަމާ ހަވީރު ބާއްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
16 ނޮވެމްބަރ 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވަން މާދަމާ ހަވީރު ބާއްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ބާއްވާނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އެ ޖަލްސާ އަށް އެ ސަރަހައްދު ޒީންތެރިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އެމްއެންޑީއެފްގެ ސިވެކްއާ ހަވާލުކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ.
މަޖިލިހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ މުއިއްޒު ކުރައްވާ ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ސްރީ ލަންކާގެ ރައީސް ރަނިން ވިކްރަމަސިންހާ ކަމަށެވެ. އެ މަނިކުފާނު މިރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އާންމުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު
ހުވާކުރައްވާ ރަސްމިއްޔާތަށް ބައެއް ގައުމުތަކުގެ ރައީސް، ބޮޑުވަޒީރު ނުވަތަ ރަސްގެފާނުގެ ހާއްސަ މަންދޫބުންގެ ގޮތުގައި ވެސް ބައެއް ބޭފުޅުން ފޮނުއްވާ ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ އާއި ސައޫދީ އަރަބިއްޔާ އާއި ޖަޕާނާއި ކޮރެއާ އަދި ތުރުކީގެ ހާއްސަ މަންދޫބުންނެވެ. ދެން އުޅުއްވަނީ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއި ވަފުދުތަކެވެ. މި ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރި އިންޑިއާ އިން ފޮނުވަން ނިންމާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅެކެވެ.
ޒިޔާއު ވިދާޅުވީ އދ. ގެ ޖަމާއަތްތަކާއި އޯއައިސީ އާއި ސާކާއި ވޯލްޑް ބޭންކާއި އައިޑީބީ ފަދަ ޖަމާއަތްތަކުގެ މަންދޫބުން ވެސް މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށެވެ.
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
ޖަލްސާއަށް ވަޑައިގަތުމަށް ޔާމީން ހުއްދައަކަށް ނޭދޭ
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
ހުވާކުރާ ރަސްމިއްޔާތަށް ސަރަަހައްދުގެ ވެރިންނަށް ދައުވަތު
ހުވާކުރާ ރަސްމިއްޔާތުގައި އާންމުންނަށް 1،000 ޖާގަ
ހުވާކުރާ ރަސްމިއްޔާތު 22.9 މިލިއަނަށް ސިވެކްއަށް!
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ
އަންހެން މެމްބަރުން ގިނަކުރަން ޕީއެންސީން އެލަވަންސެއް
ނަޝީދުގެ މައްސަލަ: މުއިއްޒު ހުވާ ކުރައްވަން ހުރަސް؟
ވަޒީރުންނަށް އައްޔަނުކުރާ މެމްބަރުން އިސްތިއުފާދެއްވަނީ