Roadha Mihaaru
ހަރުފަޔަށް ބޮސް ދެނިކޮށް ވިހަލައިގެން މަރުވެއްޖެ

ހަރުފަޔަށް ބޮސް ދެނިކޮށް ވިހަލައިގެން މަރުވެއްޖެ

09 ފެބުރުއަރީ 2017

ހަރުފަ ގެންގުޅުމާއި އެ ސަލާމަތްކުރުމުގެ މަސައްކަތުގައި އިންޑިއާގައި މަޝްހޫރު ޒުވާނަކު ހަރުފަ ވިހަލައިގެން މަރުވެއްޖެ އެވެ. އޭނާ މަރުވީ ވިހަ ގަދަ ހަރުފައަކަށް ދޮން ދެމުން ފޮޓޯ ނަގަން އުޅެނިކޮށް މެޔަށް ވިހަލައިގެންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހަރުފަ ގެންގުޅުމާއި އެ ސަލާމަތްކުރުމުގެ މަސައްކަތުގައި އިންޑިއާގައި މަޝްހޫރު ޒުވާނަކު ހަރުފަ ވިހަލައިގެން މަރުވެއްޖެ އެވެ. އޭނާ މަރުވީ ވިހަ ގަދަ ހަރުފައަކަށް ދޮން ދެމުން ފޮޓޯ ނަގަން އުޅެނިކޮށް މެޔަށް ވިހަލައިގެންނެވެ.

ސޯމްނާތު މަތުރޭ، 18، އުޅުނީ ކާރެއްގެ ތެރެއިން ފެނުނު މި ހަރުފަ ނަގައި، އެއަށް ދިރިއުޅެވޭނެ ރައްކާތެރި ހިސާބަކަށް ގެންދާށެވެ.

އިންޑިއާގެ ނަވީ މުމްބާއީގައި ދިރިއުޅޭ މި ކުއްޖާ ހިފާ ހަރުފަގެ ބޮލަށް ދޮންދީ ފޮޓޯ ނެގުމަކީ އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް މިފަހަރު ހަރުފަ ކުއްލިއަކަށް އެނބުރިފައި މެޔަށް ވިހަލީ އެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަލުގައި އޮންނަތާ ފަސް ވަނަ ދުވަހު ވަނީ މަރުވެފަ އެވެ.

ހަރުފަ ފަދަ ޖަނަވާރަށް ލޯބިކުރާ މަތުރޭ މިހާތަނަށް 100 އަށް ވުރެ ގިނަ ހަރުފަ ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެ އެވެ. ނަމަވެސް އޭނާއަށް ހަރުފައިގެ ކިބައިން ގެއްލުމެއް ނުލިބެ އެވެ.