23 ފެބުރުއަރީ 2017
ހަރުފައެއް އެންމެ ފަހަރަކު ވިހަ ލިޔަސް ބޮޑީ މަރުވުމުގެ ފުރުސަތެވެ. ނަމަވެސް އިންޑިއާގެ ހިމަޗަލް ޕްރަދޭޝްގެ ސިރްމޯރް އަވަށުގައި ދިރިއުޅޭ އުމުރުން 18 އަހަރުގެ މަނީޝާގެ ގަޔަށް މިދިޔަ ދެތިން އަހަރު ތެރޭ 34 ފަހަރު ވަނީ ހަރުފަ ވިހަ ލައިފަ އެވެ.
ހަރުފައެއް އެންމެ ފަހަރަކު ވިހަ ލިޔަސް ބޮޑީ މަރުވުމުގެ ފުރުސަތެވެ. ނަމަވެސް އިންޑިއާގެ ހިމަޗަލް ޕްރަދޭޝްގެ ސިރްމޯރް އަވަށުގައި ދިރިއުޅޭ އުމުރުން 18 އަހަރުގެ މަނީޝާގެ ގަޔަށް މިދިޔަ ދެތިން އަހަރު ތެރޭ 34 ފަހަރު ވަނީ ހަރުފަ ވިހަ ލައިފަ އެވެ.
މި އަންހެންކުއްޖާ ބުނަނީ ހަރުފަ ވިހަލާ ކޮންމެ ފަހަރަކު "ޖާދުވީ" އިހްސާސްތަކެއް ކުރެވޭ ކަމަށެވެ.
"އަހަރެންގެ ގަޔަށް ތިން އަހަރު ދުވަހުގެ ތެރޭގައި 30 އަށް ވުރެ ގިނަ ފަހަރު ހަރުފަ ވިހަލައިފި. ފުރަތަމަ ފަހަރަށް ހަރުފަ ވިހަލީ އަހަރެންގެ އަވަށާ ކައިރީގައި އޮންނަ ކޯރެއް ކައިރިން. އެ ފަހަރު އަހަރެންގެ ގައިގައި ދަތްއެޅީ ހުދުކުލައިގެ ހަރުފައެއް. ނޭނގެ ކީއްވެގެން ކަމެއް، އަހަންނަށް ހަރުފައެއް ފެންނަ ކޮންމެ ފަހަރަކު ހުންނަނީ ޖާދޫއެއް ޖެހިފަ ހުންނަ ގޮތަކަށް. އެހެން ހުއްޓާ އޭތި އައިސް ދަތް އަޅަނީ،" މަނީޝާ ބުންޏެވެ.
މަނީޝާ ބުނި ގޮތުގައި ހަރުފަ ވިހަ ނުލާ ދެ އަހަރެއްހާ ދުވަސް ހޭދަވުމަށް ފަހު އަނެއްކާވެސް ވިހަ ލާން ފެށީ އެވެ. ސްކޫލްގައި އުޅޭ ގަޑީގައި ދުވާލަކު ދެތިން ފަހަރު ވެސް އޭނާގެ ގައިގައި ހަރުފަ ދަތް އަޅާފައި އެބަހުއްޓެވެ.
ޑޮކްޓަރުން ބުނަނީ ހަރުފަ ވިހަލައިގެން މަނީޝާ ސަލާމަތްވަނީ އެހި ސާބުގަނޑުގައި އުޅޭ ގިނަ ހަރުފަ އަކީ ވިހަ ހަރުފަޔަށް ނުވާތީ ކަމަށެވެ. ނުވަތަ އޭގައި ވިހަ ހުންނަ މިންވަރު މަދުވީމަ އެވެ.
އެ ސަރަހައްދުގެ މެޑިކަލް ސެންޓަރުތަކާއި ހޮސްޕިޓަލުގެ ރެކޯޑްތަކަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހާ ހަމައަށް 34 ފަހަރަކު މަނީޝާއަށް ހަރުފަ ވިހަލައިގެން ފަރުވާ ދީފައިވެ އެވެ. އެންމެ ފަހުން އޭނާގެ ގަޔަށް ހަރުފަ ވިހަލީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
މަނީޝާއަށް ފަރުވާކުރާ ޑޮކްޓަރު ވިދާޅުވީ ހަރުފަ ވިހަލުމުން ފެންނަ ނިޝާންތައް މަނީޝާގެ ގައިން ފެނިފައިވާ ކަމަށާއި އޭނާއަށް ފަރުވާ ކޮށްފައިވަނީ އެ ނިޝާންތަކަށް ބަލައިގެން ކަމަށެވެ. އެހިސާބުގަނޑުގައި އުޅޭ ގިނަ ހަރުފަ ވިހަ ނޫން ކަމަށާއި މަނީޝާގެ ގައިގައި ވެސް ދަތްއެޅި ހަރުފަތަކުގެ ތެރެއިން 80 ޕަސެންޓަކީ ވިހަ ނޫން ހަރުފަ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ހަރުފަ ވިހަލީ އަންހެންކުއްޖާ ހޮސްޕިޓަލުގައި
މި އަންހެންކުއްޖާގެ ބައްޕަ ބުނަނީ ހަރުފަދަތްއެޅުން މިއީ އޭނާގެ ދަރިފުޅަށް މިހާރު އަބަދު ދިމާވާ ކަމަކަށް ވެއްޖެ ކަމަށެވެ. އެހިސާބުގަނޑުގައި ވަރަށް ވިހަ ހަރުފަ ވެސް އުޅޭ ކަމަށާއި ނަމަވެސް ދަރިފުޅުގެ ގައިގައި ގިނައިން ދަތްއަޅާފައިވަނީ ވިހަ ނޫން ހަރުފަ ކަމަށް މަނީޝާގެ ބައްޕަ ވެސް ބުންޏެވެ.
ޖަނަވާރުތަކާ ބެހޭ ޚާއްސަ ސްޕެޝަލިސްޓް ވިރެންދުރަ ގަބޫލުކުރާ ގޮތުގައި މި ކުއްޖާގެ ގައިގައި މާގިނައިން ހަރުފަތް ދަތް އަޅާތީ ހަރުފައިގެ ވިހައިން ދިފާއުވެވޭ އެންޓީބެކްޓީރިއަލް ޕްރޮޕަޓީޒް ކުއްޖާގެ ހަށިގަނޑުގައި އުފެދިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
"އަހަންނަކަށް ނޭނގެ އެ އަންހެންކުއްޖާގެ ގައިގައި ދަތް އަޅަނީ ކޮން ކަހަލަ ހަރުފައެއް ކަމެއް ބުނާކަށް. ނަމަވެސް އަހަރެމެން އާންމުކޮށް އަސް ކަހަލަ ޖަނަވާރަށް ހަރުފަ ވިހައިގެ ޑޯޒް ދެން. އެއީ ހަރުފަ ވިހައިން ދިފާއުވެވޭ އެންޓިބޮޑީޒް އުފެއްދުމަށް. އެތައް ފަހަރަކު ހަރުފަ ވިހަލުމުން ވެސް މި އަންހެންކުއްޖާގެ ފުރާނަ ސަލާމަތްވަނީ މިގޮތަށް އެންޓިބޮޑީޒް ކުއްޖާގެ ހަށިގަނޑުގައި ވެސް އުފެދިފައި ވާތީ ކަމަށް ލަފާކުރެވެނީ،" ޖަނަވާރުންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރޯހިތު ވިދާޅުވި އެވެ. އޭނާ އަކީ ހިމަޗަލް ޕްރަދޭޝް ސަރުކާރުން އެހިސާބުގެ ފޮރެސްޓް ޑިޕާޓްމަންޓާ ހަވާލުވެގެން ހުންނަ އިސް އޮފިޝަލެވެ.
ހަރުފަޔަކާ އެކު ކެބެޖެއް ކެވި ދެމައިން ވިހަވެއްޖެ
ހަރުފަޔަށް ބޮސް ދެނިކޮށް ވިހަލައިގެން މަރުވެއްޖެ
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެނީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ