Roadha Mihaaru
ހަރުފަޔަކާ އެކު ކެބެޖެއް ކެވި ދެމައިން ވިހަވެއްޖެ

ހަރުފަޔަކާ އެކު ކެބެޖެއް ކެވި ދެމައިން ވިހަވެއްޖެ

01 އޯގަސްޓް 2017

އިންޑިއާގެ އިންދޯރުގެ 35 އަހަރުގެ އަންހެނަކާއި އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅަކަށް، ކުޑަ ހަރުފައެއް އޮތް ކެބެޖެއް ކެވިގެން ވިހަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ އިންދޯރުގެ 35 އަހަރުގެ އަންހެނަކާއި އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅަކަށް، ކުޑަ ހަރުފައެއް އޮތް ކެބެޖެއް ކެވިގެން ވިހަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭގަނޑު މި ދެ މައިން ކެބެޖު ކޮށައިގެން ކެއްކި އިރަކު އޭގައި ހަރުފައެއް އިން ކަމެއް ނޭނގޭ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ހަރުފަ ވެސް އޮތީ ކެބެޖު ކޮށިއިރު އެއާއެކު ކޮށާލެވިފަ އެވެ. އަދި އެމީހުން ކެބެޖު ކެއްކިއިރު އޭގެ ތެރޭގައި ވެސް ހަރުފަ އޮތެވެ.

މި ކެބެޖުން ތައްޔާރުކުރި ކެއުން ކެއުމަށް ފަހު މާ ގިނައިރެއް ނުވެ ދެމައިންނަށް ހޮޑުލެވެން ފެށީ އެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

ހޮސްޕިޓަލުން މި ދެ މައިން ބެލި ޑޮކްޓަރު ވިދާޅުވީ އަފްޒާން، 35، އާއި އޭނާގެ އަންހެންދަރިފުޅު އާމްނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް ހަށިގަނޑުގެ އެކި ހިސާބުތަކަށް ވިހައިގެ އަސަރު ކޮށްފައިވާ ވަރެއް ބެލުމަށް އަދިވެސް ޓެސްޓްތައް ހަދަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވި އެެވެ.

"އެ ދެ މައިން ކިޔައިދިން ގޮތުގައި އެމީހުންނަށް ހަރުފައިގެ ތަންތަންކޮޅު ފެނުނީ ކެބެޖު ކައްކައިގެން ކައި ނިމުނު ފަހުން. ކެބެޖު ކެއުމާ އެކު ކަހަލަ ގޮތަކަށް ދެ މައިންނަށް ހޮޑުލެވެން ފެށި،" ޑރ. ދަރުމެންދުރަ ޖަންވަރު ވިދާޅުވި އެވެ.

ހަރުފައިގެ ވިހަ ނުރައްކާތެރި އެއްޗަކަށް ވަނީ ލެޔާ އެކުވެ ހަށިގަނޑުގެ ތެރޭގައި ދައުރުވުމުންނެވެ.