16 ނޮވެމްބަރ 2023
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަމުން އަންނަނީ ހއ. ދިއްދޫ، ޕެލަސް އިބްރާހީމް ޝަފީގް، 40، އެވެ.
ފުލުހުން ބުނީ އެއީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންވެ، އެ މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކޯޓުން ފުލުހުންގެ މައްޗަށް އަމަރު ކޮށްފައި ވަނީ އެ މީހާ ބަންދުގައި ބަހައްޓައިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް ހާރިޒުރުކުރުވުމަށެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަމަކީ މިހާރު ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
ފުލުހުން މިދިޔަ ހަފުތާގައި ބުނި ގޮތުގައި، މި މަހުގެ ކުރީކޮޅުގައި ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ، އެ މުއްދަތުގައި 500،000 އަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ވަނީ ފޭރިގަނެފަ އެވެ.
ފޭކް ކުންފުންޏަކުން އޮޅުވާލައިގެން މުދާ ހޯދާ މީހެއް!
އެމްއައިބީގެ ފޭކް ސްލިޕް ފޮނުވާތީ ސަމާލުވާން އެދެފި
ޝިޕިން ޗާޖު ހޯދަން ކަމަށް ބުނެ މަކަރުން ފައިސާ ހޯދަނީ
އޮޅުވާލައިގެން ޑޮލަރު ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
ކުށްކުރާ ވަރު މި އަހަރު ދަށް: ފުލުހުން
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު