ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު އައްޔަން ކުރައްވައިފި އެވެ.
16 މާޗް 2020
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު އައްޔަން ކުރައްވައިފި އެވެ.
ސްރީލަންކާގެ ޔުނިވަސިޓީއަކުން މާސްޓާސް ޑިގްރީ އަދި އިސްލާމިކް ޔުނިވަސިޓީން ވަކީލުކަން ވެސް ކިޔަވާ ވިދާޅުވެފައިވާ އަމްޖަދު އީސީން ވަކިވެ ވަޑައިގެންނެވީ އޭނާގެ މެމްބަރުކަމުގެ ދައުރު މިދިޔަ އަހަރު ހަމަވުމުންނެވެ.
ޓްރައިބިއުނަލްގެ ރައީސްކަމުން އަހުމަދު ޒާހިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.
ރައީސްކަމުގެ އިތުރުން ޓްރައިބިއުނަލްގެ މެެމްބަރުކަމުގެ މަގާމަށް ވެސް، ވަކީލުކަމުގެ ސަނަދު ހޯއްދަވާފައިވާ ހަސަން އިބްރާހިމް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފަ އެވެ. އޭނާ ވަނީ މީގެ ކުރިން ގައުމީ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލުގެ ހެޑް އޮފް ޑިޕާޓްމެންޓްގެ މަގާމާއި އެމްބީއޭ ކޯސް ކޯޑިނޭޓަރު ކަމަށާއި އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރާކަން ވެސް ކުރައްވައިފަ އެވެ.
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރައްވައިފި
އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު
އީސީއަށް ޒާހިދާއި ސޮލާހު އައްޔަން ކުރައްވައިފި
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
ފުއާދުގެ ދައުރު ހަމަވާތީ ކުރިމަތިލާން ހުޅުވާލައިފި
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
އަންނަ މަހުގެ 21 އާއި 22 ސަރުކާރު ބަންދު
ލަސްކޮށްފިނަމަ ގާނޫނު ބުނާ ގޮތަށް އާމަޖިލިސް ނުހޮވިދާނެ
އިންތިހާބު ބާއްވާ ދުވަހާ މެދު އިބޫގެ ކަންބޮޑުވުން!