Roadha Mihaaru
"ބޭރުން ފައިސާ ނުލިބިއްޖެ ނަމަ ރިޒާވަށް ދަތިވާނެ"

ބޭރުން ފައިސާގެ އެހީ ނުލިބިއްޖެ ނަމަ ރިޒާވަށް ދަތިވާނެ: އެމްއެމްއޭ

16 ނޮވެމްބަރ 2023

ބޭރުން ހޯދަން ކަނޑައަޅާފައިވާ އަދަދަށް ފައިސާ ނުލިބިއްޖެ ނަމަ ފައިނޭންސިން ހޯދަން ދަތިވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭރުން ހޯދަން ކަނޑައަޅާފައިވާ އަދަދަށް ފައިސާ ނުލިބިއްޖެ ނަމަ ފައިނޭންސިން ހޯދަން ދަތިވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ ގުޅޭ ގޮތުން އެމްއެމްއޭ އިން ބުނީ، މި އަހަރުގެ ބަޖެޓު ފައިނޭންސިންގެ ގޮތުގައި ބޭރުން ހޯދަން ކަނޑައެޅި އަދަދު ހޯދަން ދަތިވެފައިވާ ކަމަށެވެ. އަދި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ހީނަރުވި ކަމަށެވެ.

"ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިނޭންސިންގެ ގޮތުގައި އިތުރަށް އަންދާޒާ ކުރެވޭ 4.2 ބިލިއަން ރުފިޔާ އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ހޯދުމަކީ މުހިއްމު ކަމެކެވެ. އަދި މި އަދަދު ރިޒާވަށް ނުލިބިއްޖެ ހާލަތެއްގައި ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ، އެފަދަ ފައިނޭންސިން ކަށަވަރު ކުރަން ލަފާ އަރުވަމެވެ،" އެމްއެމްއޭ އިން ލިޔުމަކުން ފޮނުވި ބަޔާނުގައި ބުނެފައިވެ އެވެ.

ބަޖެޓު ކޮމިޓީގައި ބައިވެރިވި ބައެއް މެންބަރު -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަޖެޓު ކޮމިޓީގައި ބައިވެރިވި ބައެއް މެންބަރު -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިދިޔަ އަހަރު ފެށި އިރު ރިޒާވްގައި 254 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޒާވް 126 މިލިއަން ޑޮލަރަށް ވެއްޓުނެވެ.

އެމްއެމްއޭ އިން ވަނީ ސަޕްލިމެންޓްރީ ބަޖެޓަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ ބޭރުން ހޯދަން ކަނޑައަޅާފައިވާ އިރު އަހަރުގެ ބާކީ އޮތް މުއްދަތުގައި މި އަދަދު ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެ އިދާރާއިން ބުނީ، މި އަހަރަށް ކަނޑައެޅި ފައިނޭންސިން ނުލިބުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޑޮމެސްޓިކް މާކެޓުން ޓީބިލު ވިއްކުމަށާއި ޕީބީއޭ އިން އޯވަޑްރޯ ކުރަން ޖެހުނު ކަމަށެވެ.

މި އަހަރު ޗާޕުކުރި 4.2 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލު ކުރުމުން، އަހަރު ނިމޭއިރު ދެ ބިލިއަން ޗާޕުކޮށްފި ނަމަ، މި އަހަރު ޖުމްލަ ޗާފުކުރާ ވަރު 6.2 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އެމްއެމްއޭ އިން ބުނީ، ޑެފިސިޓް ކުޑަ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ކެޕިޓަލް ހަރަދުތައް ކުރުމަށް ޕްރޮޖެކްޓްތައް ޕްރައޯރަޓައިޒް ކުރުމަށާއި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ފައިނޭންސިން ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ އެ އިދާރާއިން ވަނީ އެދިފަ އެވެ.