Roadha Mihaaru
ފުރަތަމަ ހަފްތާ:ހަރަދު 520 މިލިއަން ރުފިޔާ

ފުރަތަމަ ހަފްތާގެ ހަރަދު 520 މިލިއަން، އާމްދަނީ 615 މިލިއަން

07 ޑިސެމްބަރ 2023

ސަރުކާރުގެ ފުރަތަމަ ހަފްތާގައި މުސާރަ ދިނުމާއި ޕްރޮޖެކްޓްތައް ހިންގުމަށް 520 މިލިއަން ރުފިޔާ ހޭދަކުރި އިރު އާމްދަނީގެ ގޮތުގައި 614.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ފުރަތަމަ ހަފްތާގައި މުސާރަ ދިނުމާއި ޕްރޮޖެކްޓްތައް ހިންގުމަށް 520 މިލިއަން ރުފިޔާ ހޭދަކުރި އިރު އާމްދަނީގެ ގޮތުގައި 614.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކުރީ މުވައްޒަފުންގެ މުސާރަ ދިނުމަށެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ސަރުކާރުން ހިންގުމުގެ ހަރަދަށް 314 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިިން ބޮޑު ބައެއް ހޭދަކުރީ ސަބްސިޑީގެ ހަރަދަށެވެ. ސަބްސިޑީގެ ހަރަދަށް 186 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޕްރޮޖެކްޓްތަކަށް ހޭދަކުރީ 206 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މަގު ހެދުން ފަދަ މަޝްރޫއުތަކަށް ވަނީ 185 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު ޓެކްސްގެ ގޮތުގައި 261 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 53 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ބަޖެޓުން ވަނީ 42 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މި އަހަރު ޖުމްލަ ބަޖެޓުން ވަނީ، 49.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެއީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ އިތުރުކޮށްގެންނެވެ.