Roadha Mihaaru
މީޑިއާތަކަށް 6.5 މިލިއަން ބަޖެޓުން ހަމަޖައްސައިފި

ސަޕްލިމެންޓްރީ ބަޖެޓުން މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ކަނޑައަޅައިފި

16 ނޮވެމްބަރ 2023

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން 6.5 މިލިއަން ރުފިޔާ ކަނޑައެޅުމަށް ސަޕްލިމެންޓްރީ ބަޖެޓަށް އިތުރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން 6.5 މިލިއަން ރުފިޔާ ކަނޑައެޅުމަށް ސަޕްލިމެންޓްރީ ބަޖެޓަށް އިތުރުކޮށްފި އެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި މީޑިއާތަކަށް ބަޖެޓު ކޯޑު ނަންބަރު 1265ގެ ހާއްސަ ބަޖެޓުގެ ތެރެއިން 6.5މިލިއަން ރުފިޔާ އެ ކޯޑަށް ހަމަޖައްސަން މިއަދު ބޭއްވި ބަޖެޓު ކޮމިޓީގައި ވަނީ ފާސްކޮށްފަ އެވެ.

މި ހުށަހެޅުން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ސަލީމެވެ.

މިދިޔަ އަންގާރަ ދުވަހު އިންތިހާބީ ރައީސް ވަނީ ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ކަންކަން ހިމެނުއްވި އިރުގައި، މީޑިއާތަކަށް ފައިސާ ދޭނެ ވަކި ޕަސެންޓެއް އަދި ހިމަނާފައި ނުވާނެ ކަމަށެވެ. އެއީ މީޑިއާތަކުގެ އިސްވެރިންނާ އެކު އެކަމާ ގުޅޭ ގޮތުން ތަފުސީލީ ގޮތެއްގައި އަދި މަޝްވަރާ ކުރިވެފައި ނުވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީގައި މަޝްވަރާ ކުރާ އިރު، މަޖިލީހުގެ ތެރެއިން އެކަމަށް މަސައްކަތް ކުރަން ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީޑިއާތަކަށް ހާއްސަ އަދަދެއް ބަޖެޓުގައި ހިމެނިއިރު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ކަނޑައަޅަން އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.