Roadha Mihaaru
"ބޭހަދު"ގެ ސެޓުގައި ރޯވެ އެކްޓަރުންތަކެއް ފިހިއްޖެ

"ބޭހަދު"ގެ ސެޓުގައި އަލިފާން ރޯވެ އެކްޓަރުންތަކެއް ފިހިއްޖެ

09 ފެބުރުއަރީ 2017

ސޮނީ ޗެނަލްގެ މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ބޭހަދު"ގެ ޝޫޓިން ކުރިއަށް ދަނިކޮށް ސެޓުގައި އަލިފާން ރޯވެ ބައެއް އެކްޓަރުން ފިހިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސޮނީ ޗެނަލްގެ މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ބޭހަދު"ގެ ޝޫޓިން ކުރިއަށް ދަނިކޮށް ސެޓުގައި އަލިފާން ރޯވެ ބައެއް އެކްޓަރުން ފިހިއްޖެ އެވެ.

މާޔާ (ޖެނިފާ ވިންގިޓް) އާއި އަރްޖުން (ކުޝަލް ޓަންޑަން)ގެ ކައިވެނީގެ ރަސްމިއްޔާތު ޝޫޓް ކުރަމުންދަނިކޮށް ފިލްމުގެ ސެޓުގައި އަލިފާން ރޯވީ އެވެ. މި ސެޓުގައި ރޯވާ ގޮތަށް ސްކްރިޕްޓްގައި ވެސް އޮތެވެ. ހަމަޖެހިފައި އޮތީ ހަމައެކަނި ޖެނިފާ އާއި ކުޝަލް އިށީނދެގެން ތިބޭ ތަނުގައި އަލިފާން ރޯވާ މަންޒަރު ޝޫޓްކުރާ ގޮތަށެވެ. ނަމަވެސް ކުއްލިއަކަށް މުޅި ތަނަށް ހުޅުގަނޑު ފެތުރުނީ އެވެ.

އިންޑިއާގެ ނޫހަކަށް ވާހަކަ ދައްކަމުން ކުޝަލް ބުނީ އޭނާގެ ކަރުގެ ތަންތަންކޮޅު ފިހުނު ކަމަށާއި ޖެނިފާ އާއި އަނޭރީ ވަޖާނީ (ސިލްސިލާގައި ސާންޖްގެ ރޯލު ކުޅޭ ބަތަލާ) ގެ ބުރަކައްޓާއި އަތުގެ ތަންތަންކޮޅު ވެސް ފިހިފައިވާ ކަމަށެވެ.

އަލިފާން ރޯވި މަންޒަރު ފެންނަ ވީޑިއޯއެއް ކުޝަލް ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަލިފާން ރޯވުމުން ޖެނިފާ އިނީ ބިރުން ގުޑާލަން ވެސް ނޭނގި ގަނޑުވެފަ އެވެ. އޭނާ ސަލާމަތްކޮށްދިނީ ކުޝަލް އެވެ.

މި ހާދިސާގެ އިރުކޮޅެއް ފަހުން ޖެނިފާ ކުރި ޓުވީޓެއްގައި، އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށްޓަކައި ކުޝަލް އަށް ޝުކުރު އަދާކޮށްފައިވެ އެވެ.