Roadha Mihaaru
ހީނާގެ ބަދަލުގައި "ޔޭ ރިޝްތާ"އަށް ޕާރުލް ޗައުހާން

ހީނާގެ ބަދަލުގައި "ޔޭ ރިޝްތާ"އަށް ޕާރުލް ޗައުހާން

16 ނޮވެމްބަރ 2016

ސްޓާ ޕްލަސްގެ މަޝްހޫރު ޝޯއެއް ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކިހެލާތާހޭ"ގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު ލީޑް ރޯލު ކުޅުމަށްފަހު ހީނާ ޚާން ޝޯއިން ވަކިވާކަން ސްޓާ ޕްލަސް އިން ޔަގީންކޮށްދީފި އެވެ. އެ ޝޯގައި އަކްޝަރާގެ ރޯލު އަދާކުރާ ހީނާ ޝޯއިން ވަކިވުމަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި މިހާރު ހަމަޖެހިފައިވާ ގޮތުން ހީނާ ދެން ޝޫޓިންގައި ބައިވެރިވާނީ މި މަހުގެ ނިޔަލަށް ކަމަށް ސްޓާ ޕްލަސް އިން ވަނީ ބުނެފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މި ޝޯގެ ސްކްރިޕްޓް ލިޔާ މީހުން މިހާރު ވިސްނަމުންދަނީ ޝޯ އިން ހީނާ ވަކި ކުރާނެ ގޮތަކާ މެދުގަ އެވެ. އެންމެ ކުރިއްސުރެ ވެސް އޮންނަ ގަވާއިދަކީ ޑްރާމާއަކުން ލީޑް އެކްޓަރެއް ވަކިވާނަމަ އެ މީހެއްގެ ކެރެކްޓާ މަރާލުމެވެ. ނޫން ނަމަ ބުއްދި ގަބޫލުކުރެވޭ ކޮންމެވެސް ގޮތަކަށް އެ ކެރެކްޓާ ޝޯ އިން ފޮނުވާލުމެވެ.

ނަމަވެސް މިއިން އެއްވެސް ގޮތަކަށް ކަންތައް ކުރަން ބޭނުން ނުވާތީ ހީނާގެ ބަދަލުގައި އެ ރޯލަށް ޕާރުލް ޗައުހާން ހަމަޖައްސާފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. ޕާރުލް އަކީ މީގެ ކުރިން ކުރިން ސްޓާ ޕްލަސް އިން ދެއްކި "ބިދާއީ" ގައި ރާގިނީގެ ރޯލު އަދާކުރި ބަތަލާ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޕާރުލް މި ޝޯގެ ޝޫޓިންގައި ބައިވެރިވާން ފަށާނެ ކަމަށްވެ އެވެ. "ޔޭ ރިޝްތާ"ގެ ލީޑް އެކްޓަރު ކަރަން މެހެރާ ވެސް ދާދިފަހުން ޝޯއާ ވަނީ ވަކިވެފަ އެވެ. އަދި ޝޯގައި އަކްޝަރާ އާއި ނެއިތިކްގެ ދަރިފުޅު ނަކްޝްގެ ރޯލު އަދާކުރި ރޯހަން މެހެރާ ވެސް ވަނީ ޝޯ އިން ވަކިވެފަ އެވެ. ކަރަން އާއި ރޯހަން މިހާރު ފެންނަނީ ކަލާޒް އިން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ގޭގައި ބަންދުވެފައި ތިއްބަ އެވެ.

މި ޝޯ އިން ވަކިވާން ހީނާ ދެއްކި އުޒުރުތަކުގެ ތެރޭގައި ކުރިން ލިބޭ ވަރަށް އޭނާއަށް ސްކްރީން ސްޕޭސް ނުލިބުން ހިމެނެ އެވެ. މިހާރު ޝޯ ބޮޑަށް ފޯކަސްކޮށްފައި ވަނީ އަކްޝަރާ އާއި ނައިތިކްގެ ދަރިންގެ ދިރިއުޅުމުގެ މައްޗަށެވެ.

ޝޯއިން ހީނާ ވަކިވިޔަސް ޕާރުލް އަދާކުރާނީ އަކްޝަރާގެ ރޯލެއް ނޫނެވެ. މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުން ނަމަ ޕާރުލް ކުޅެން ހަމަޖެހިފައިވަނީ ކާރްތިކްގެ ދޮންމަންމައެއްގެ ރޯލެވެ. އަދި ކާރްތިކްގެ ބައްޕަގެ ރޯލަށް ސަންދީޕް ރަޖޯރާ ސޮއިކޮށްފައިވާ ކަމަށްވެ އެވެ.