Roadha Mihaaru
ކޭޕާކް މަންޑޭ ދިރިއުޅޭ ގެ ބަލާ ފާސްކުރަނީ

ކޭ ޕާކް މައްސަލާގައި މަންޑޭގެ ގެއަށް ފުލުހުން ވަދެ، ފާސްކުރަނީ

18 ނޮވެމްބަރ 2023

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހިންގަމުންދާ ޖިނާއީ ތަހުގީގުގެ ތެރެއިން، އެ ކުންފުނީގެ އެއް ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ ގެއަށް ފުލުހުން މިއަދު ވަދެ، ފާސްކުރަން ފަށައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހިންގަމުންދާ ޖިނާއީ ތަހުގީގުގެ ތެރެއިން، އެ ކުންފުނީގެ އެއް ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ ގެއަށް ފުލުހުން މިއަދު ވަދެ، ފާސްކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މަންޑޭ ދިރިއުޅޭ ގެ ބަލާ ފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގަ އެވެ.

ހަންބޯ ކުންފުނިން ކުރިން ބުނެފައި ވަނީ މަންޑޭގެ ފަރާތުން 100 އަށް ވުރެ ގިނަ މީހުންނަށް މަކަރާއި ހީލާތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން އެޕާޓްމަންޓް ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށެވެ. ހަމްބޯ ކުންފުނިން ވަނީ އާބަންކޯއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މި އަހަރުގެ ނިޔަލަށް މަސައްކަތް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބެސް ބުނެފަ އެވެ.