ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި އިޒްރޭލު ސިފައިން މިއަހަރުގެ ތެރޭގައި ހިންގި އަސްކަރީ ހަރަކާތްތަކުގައި، މިހާތަނަށް ފަލަސްތީނުގެ 880 ކުޑަކުދިން ހައްޔަރުކޮށްފައިވާ ކަމަށް، ގައިދީންގެ ހައްގުގައި މަސައްކަތް ކުރާ ފަލަސްތީނުގެ އަމިއްލަ ޖަމިއްޔާއަކުން ބުނެފި އެވެ.
ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި އިޒްރޭލު ސިފައިން މިއަހަރުގެ ތެރޭގައި ހިންގި އަސްކަރީ ހަރަކާތްތަކުގައި، މިހާތަނަށް ފަލަސްތީނުގެ 880 ކުޑަކުދިން ހައްޔަރުކޮށްފައިވާ ކަމަށް، ގައިދީންގެ ހައްގުގައި މަސައްކަތް ކުރާ ފަލަސްތީނުގެ އަމިއްލަ ޖަމިއްޔާއަކުން ބުނެފި އެވެ.
ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ތެރޭގައި އިޒްރޭލުން ހައްޔަރު ކުރި ފަލަސްތީނުގެ ކުޑަކުދިންގެ ތެރެއިން، 200 ކުއްޖަކު އަދިވެސް ތިބީ އިޒްރޭލުގެ ޖަލުތަކުގަ އެވެ. އޭގެ ތެރެއިން 26 ކުއްޖަކު އަދިވެސް ތިބީ، އިޒްރޭލުން ބުނާ ގޮތުގައި، އިދާރީ ބަންދުގަ އެވެ.
އިދާރީ ބަންދުގައި ބައިތިއްބާ މީހުންނާއި ކުދިންނަކީ، އެއްވެސް ދައުވާއެއް އުފުލުމެއް އަދި އެއްވެސް ޝަރީއަތެއް ކުރުމަކާ ނުލައި އިޒްރޭލު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި ކުދިންނެވެ. އިޒްރޭލުގެ ޖަލުތަކުގައި މިހާރު ތިބި ކުޑަކުދިންގެ ތެރޭގައި، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރިން އަތުލައިގަތް 145 ކުޑަކުއްޖަކު ހިމެނެ އެވެ.
އިޒްރޭލުން ހައްޔަރުކުރާ އެއްވެސް މީހަކަށް އަދި އެއްވެސް ކުޑަކުއްޖަކަށް، ގާނޫނީ ގޮތުން ލިބެން ޖެހޭ އެއްވެސް ހައްގެއް ނުލިބެ އެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއި އާއިލާގެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ހިމެނެ އެވެ. އޭގެ އިތުރުން، ދައުވާ އުފުލައި ޝަރީއަތަށް ހުށަހަޅައިގެން ހުކުމެއް އިއްވަނީ ވެސް މަދު މީހަކަށެވެ.
ފަލަސްތީނުގެ ޣައްޒާ އަށް މިހާރު ދެމުންދާ ހަމަލާތަކުގައި ވެސް، ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުކޮށްލާފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކުދިންގެ އަދަދު ވެސް މިހާރު ވަނީ 2000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 45 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 13300 އަށް ވުރެ މަތިވެއްޖެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3500 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.
މުޅި ދުނިޔެއަށް ވުރެ ގާޒާގައި މަރާލި ކުދިން ގިނަ
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
ހިޒްބުﷲއާ މަޝްވަރާކުރަން ތައްޔާރު: އިޒްރޭލު
އެންމެ ރަހީނަކު ވެސް ދިރިހުއްޓާ ސަލާމަތް ނުކުރެވޭނެ
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ފަލަސްތީނުގެ އަސީރުން މެރުމުގެ ގާނޫނެއް ހަދަނީ
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި