Roadha Mihaaru
މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި

މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި

21 ނޮވެމްބަރ 2023

އާ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އާ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި 25 ބޭފުޅުންނަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. މި ސަރުކާރުގައި ޖުމްލަ 22 މިނިސްޓްރީއެއް ހިމެނެ އެވެ.

މީގެކުރިން މިދިޔަ ހުކުރުދުވަހު މި ސަރުކާރު އުފެދުމާ އެކު ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 12 ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ރައީސް އޮފީހަށް ހަތަރު ބޭފުޅަކާއި ފޮރިން މިނިސްޓްރީ އަށް ތިން ބޭފުޅަކު ހިމެނެ އެވެ.

ޑިފެންސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި މުއާޒް ހަލީމަށް ރައީސް ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ޑިފެންސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި މުއާޒް ހަލީމަށް ރައީސް ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

މިއަދު އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުން

1- މުއާޒު ހަލީމް (ޑިފެންސް މިނިސްޓްރީ)

2- ހުސައިން ޝާމް އާދަމް (ފިނޭންސް މިނިސްޓްރީ)

3- އަހުމަދު މާޒިން (ފިނޭންސް)

4- ޑރ. އަހުމަދު މުހައްމަދު (އެޑިއުކޭޝަން)

5- ޑރ. އަބްދުއްލަތީފް މުހައްމަދު (އެޑިއުކޭޝަން)

6- ހަދީޖާ އަބްދުއްސަމަދު އަބްދުﷲ (ހެލްތު)

7- އިސްމާއީލް އަބްދުﷲ (ހެލްތު)

8- އަހުމަދު ގާސިމް (ހެލްތު)

9- ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް (އިސްލާމިކް މިނިސްޓްރީ)

10- މުންއިމް އަނީސް (ޓޫރިޒަމް)

11- އާމިނަތު ހުސައިން ޝަރީފް (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)

-12- މުހައްމަދު ރިޔާޒު (ސްޕޯޓްސް މިނިސްޓްރީ)

13- ހުސައިން އިމްރާން އަބްދުލްމުހައިމިން (ހައުސިން މިނިސްޓްރީ)

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑރ. ޝުޖާއުއަށް ފަތްކޮޅު އަރުވަނީ

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑރ. ޝުޖާއުއަށް ފަތްކޮޅު އަރުވަނީ

14- މުހައްމަދު ފާއިޒް (ހައުސިން މިނިސްޓްރީ)

15- އިބްރާހީމް ނިޒާމް (ހައުސިން މިނިސްޓްރީ)

16- މުހައްމަދު ދިލްޝާން އަބްދުﷲ (ހައުސިން މިނިސްޓްރީ)

17- އަހުމަދު ސާލިމް (ހެރިޓޭޖް މިނިސްޓްރީ)

18- ތައާމު މުހައްމަދު (އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ)

19- އިބްރާހީމް ނަޒީމް (އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ)

20- އިސްމާއީލް ހަމީދު (އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ)

21- ހަސަން ރަޝީދު (އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ)

22- މަރިޔަމް ވިޝާމާ (އެގްރިކަލްޗާ މިނިސްޓްރީ)

23- މުހައްމަދު ރަފީގު ހަސަން (ލޯކަލް ގަަވަމެންޓް)

24- މޫސާ ފަތުހީ އާދަމް (ލޯކަލް ގަވަމެންޓް)

25- އަހުމަދު ރަޝީދު (ލޯކަލް ގަވަމެންޓް)