Roadha Mihaaru
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށްފި

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށް، ފޮރިން މިނިސްޓްރީ އަށް

01 ޖެނުއަރީ 2024

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު ޝަހީބު އައްޔަން ކުރިތާ ދެ ހަފުތާ ފަހުން، އެ މަގާމުން އޭނާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު ޝަހީބު އައްޔަން ކުރިތާ ދެ ހަފުތާ ފަހުން، އެ މަގާމުން އޭނާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

ނަމަވެސް، އެކަން ރައީސް އޮފީހުން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، އެ އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި، ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް ޝަހީބު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 13 ގަ އެވެ. ނަމަވެސް، ދެ ހަފުތާ ފަހުން އެ މަގާމުން ވަކިކުރި ސަބަބު އަދި ސާފެއް ނުވެ އެވެ.

ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސްތަކުގައި ޝަހީބު ނޫސްވެރިންނަށް ޖަވާބު ދެއްވާ ގޮތާއި އަމަލުކުރައްވާ ގޮތާ މެދު ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އެބަހުއްޓެވެ. އޭނާ މަގާމުން ވަކިކުރީ، އެކަމާ ގުޅޭ ޝަކުވާތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ނޫސްވެރިންގެ ޖަމިއްޔާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވި ފަހުންނެވެ.

ފޮރިން މިނިސްޓްރީގައި ޝަހީބާ އެކު އިތުރު ހަތަރު ސްޓޭޓް މިނިސްޓަރުން މިހާރު ތިއްބަވަ އެވެ.