Roadha Mihaaru
އިތުރު 13 ސްޓޭޓް މިނިސްޓަރަކު އައްޔަންކުރައްވައިފި

އިތުރު 13 ސްޓޭޓް މިނިސްޓަރަކު އައްޔަންކުރައްވައިފި

13 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ސަރުކާރަށް އިތުރު 13 މިނިސްޓަރަކު މިއަދު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ސަރުކާރަށް އިތުރު 13 މިނިސްޓަރަކު މިއަދު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

އެއީ:

1- ޝެރީނާ އަބްދުއްސަމަދު، ސ. މަރަދޫ، ސަނީޑޭލް (ފޮރިން މިނިސްޓްރީ)

2- ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ (ފިނޭންސް މިނިސްޓްރީ)

3- އާއިޝަތު ސަފޫރާ، ސ. ފޭދޫ، އީރާނުގެ (އެޑިއުކޭޝަން މިނިސްޓްރީ)

4- މުހައްމަދު ޒަހީން، ހއ. ކެލާ، އުފަންވެލި (ހެލްތު މިނިސްޓްރީ)

5- އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ (ހެލްތު މިނިސްޓްރީ)

6- އަހުމަދު ނާޒިމް މުހައްމަދު، ގއ. ދެއްވަދޫ، ނާރެސް (ޓޫރިޒަމް މިނިސްޓްރީ)

7- އަބްދުﷲ ސައުދާން، މ. ޕެޓީބާރޑް (އިސްލާމިކް މިނިސްޓްރީ)

8- މަރްޔަމް އަޒުރާ އަހުމަދު، މ. ހުކުރަދިގެ (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)

9- އަހުމަދު އާތިފު، އއ. ފެރިދޫ، ޝަބްނަމްގެ (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)

10- އާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)

11- އިބްރާހީމް މިމްރާހު، ރ. އިންނަމާދޫ، ސީތާ (ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ މިނިސްޓްރީ)

12- އަބްދުއްލަތީފު އަހުމަދު ، ދަފްތަރު. ނަންބަރު ރސ 2345 (ޔޫތު މިނިސްޓްރީ)

13- މުހައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110 ( ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް)

މީގެ ތެރެއިން ބައެއް ބޭފުޅުން ވަނީ މީގެ ކުރިން ވެސް އެކި ސަރުކާރުތަކުގައި އިސް މަގާމުތައް ފުރުއްވައިފަ އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަމަށް ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ޝަހީބު ވެސް މިއަދު އައްޔަން ކުރައްވައިފަ އެވެ. އޭނާ އަށް އެ މަގާމު ދެއްވީ ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގަ އެވެ.

މި ސަރުކާރުގައި މިހާތަނަށް 54 ސްޓޭޓް މިނިސްޓަރުންނާއި 67 ޑެޕިއުޓީ މިނިސްޓަރުން ވަނީ އައްޔަންކޮށްފަ އެވެ. ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ނުވަ ބޭފުޅަކު މިހާރު އެބަތިއްބެވި އެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ އަށް ބޭފުޅެކެވެ. ކެބިނެޓްގައި 22 ބޭފުޅުން ތިއްބަވާއިރު މިނިސްޓަރުންގެ ފެންވަރުގައި 19 ބޭފުޅަކު އެބަތިއްބެވި އެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން މަހަކު 15،000ރ. ގެ އެލަވަންސާއެކު، މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން، އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފަހުން މި އަހަރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 1،063 ބޭފުޅަކު ތިއްބެވި އެވެ. އޭގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 808 އެވެ.