Roadha Mihaaru
"މި ބަޖެޓުން ވައުދުތައް ތަންފީޒުކުރަން ފެށޭނެ"

މި ބަޖެޓުން އާ ސަރުކާރުގެ ވައުދުތައް ތަންފީޒުކުރަން ފެށޭނެ: ފިނޭންސް މިނިސްޓަރު

22 ނޮވެމްބަރ 2023

އަންނަ އަހަރަށް ކަނޑައަޅަފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއް ނަމަވެސް، އެ ބަޖެޓުގެ ތެރެއިން އާ ސަރުކާރުގެ ވައުދުތައް ފުއްދަން ފަށައިގަނެވޭނެ ކަމަށް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރަށް ކަނޑައަޅަފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއް ނަމަވެސް، އެ ބަޖެޓުގެ ތެރެއިން އާ ސަރުކާރުގެ ވައުދުތައް ފުއްދަން ފަށައިގަނެވޭނެ ކަމަށް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި ޑރ. ޝަފީގު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 450 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ އާ ސަރުކާރުން ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، މިހާރު ކުރިއަށްދާ މަޝްރޫއުތައް ވެސް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ހޯދައިގެން ކުރިއަށް ދިއުމަށެވެ. ނަމަވެސް، މިއަހަރުގެ ބާކީ ދުވަސްތަކުގައި ކޭޝްފްލޯގެ ތާށިކަން އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލީސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލީސް

"ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަކުރަންޖެހޭ އިރު ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ 1،700 އަށް ވުރެ ޕްރޮޖެކްޓް ހިމަނާފައިވެ އެވެ.

ޝަފީގު ވިދާޅުވީ، ހަރަދުތައް ކުޑަކުރުމަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކޮށް އާސަންދަ އާއި ވެލްފެއާ ހަރަދުތައް ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އަންނަ އަހަރު ދޭން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރު ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަށް ޖުލައި މަހު ފަށާނެ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.