Roadha Mihaaru
ނަދީމްގެ މަރު: މީހުންގެ ބަންދުކުރަން ސުޕްރީމް ކޯޓަށް

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

23 ނޮވެމްބަރ 2023

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ސާމިންގެ އިތުރުން ގއ. ގެނަމަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން މި ހަފުތާގައި ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.

ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.