އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
15 ޖެނުއަރީ 2025
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެ ތެރެއިން ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެހެންވެ، އޭރު އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުން ނުބަލަން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި 10 ދުވަސް ތެރޭގައި އެ މައްސަލަ ހުށަހަޅައިފިނަމަ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ މުއްދަތުގައި އެ މައްސަލަ ހައި ކޯޓަށް އަލުން ހުށަހަޅާނެ ކަމަށެވެ.
ލަމްހާ ދޫކޮށްލަން ނިންމި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އެންގިއިރު، އެ މައްސަލާގައި ދައުވާ ލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއް ދުވަސް
ނަދީމްގެ މަރު: ބަންދުނުކުރި މައްސަލަ ހުކުމާ ހަމައަށް
"ނަދީމްގެ މަރުގެ ދައުވާލިބޭމީހުން ބަންދުނުކުރުން ގޯސް"
ލަމްހާ ދޫކޮށްލުމާ ދައުލަތުން ދެކޮޅުހަދައި އިސްތިއުނާފަށް