ބޮޓްސްވާނާ އިންޓަނޭޝަނަލް ފިއުޗާ ސީރީޒް ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި އެފްރިކާގެ ރޭންކިންގެ އެއްވަނަ ޕެއާ އާވާދަކޮށް ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ރިހި މެޑަލް ހޯދައިފި އެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލް ފިއުޗާ ސީރީޒް ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި އެފްރިކާގެ ރޭންކިންގެ އެއްވަނަ ޕެއާ އާވާދަކޮށް ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ރިހި މެޑަލް ހޯދައިފި އެވެ.
އެފްރިކާ ބެޑްމިންޓަން އަންހެން ޑަބަލްސް ރޭންކިންގެ އެއްވަނަ ދެކުނު އެފްރިކާގެ ޑީޑްރޭ ލޯރެންސާއި އެމީ އަކަމަންގެ ޕެއާ އަތުން ނަބީހާ އާއި ނަބީހާ ބަލިވީ ތިން ސެޓް ކުޅެގެންނެވެ.
ބައްރުގެ ދެކުނުގައި އޮންނަ ބޮޓްސްވާނާގެ ވެރިރަށް ގަބަރޯނޭގައި މިއަދު ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ސެޓް 21-13 އިން ޑީޑްރޭ އާއި އެމީގެ ޕެއާ ކާމިޔާބު ކުރި އެވެ. އެކަމަކު ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށް ފަހު ނަބާހާ އާއި ނަބާހާގެ ޕެއާ ކާމިޔާބުކޮށް ގޭމް ހަމަހަމަ ކުރި އެވެ. އެ ސެޓް އެ ޕެއާ ގެންދިޔައީ 22-20 އެވެ.
ދެން ޑިސައިޑިން ސެޓް 21-18 އިން ގެންގޮސް އެމީ އާއި ޑީޑްރޭގެ ޕެއާ މެޗު ކާމިޔާބު ކުރި އެވެ.
މި މަހު 11 ވަނަ ދުވަހު ފެށި މުބާރާތުގައި ރާއްޖޭގެ ފިރިހެން ކުޅުންތެރިން ވެސް ވާދަކޮށް ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި އެވެ. އެއާ އެކު އެ ދެ ޕެއާ އަށް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ޗެމްޕިއަން ނިބާލް އަހުމަދާއި ކުރީގެ ޗެމްޕިއަން މުހައްމަދު އަޖުފާންގެ ޕެއާ އަދި މުހައްމަދު ޒަޔާން ޝަހީދު ޒަކީ އާއި މުހައްމަދު ނަޝްފާންގެ ޕެއާއިން ވެސް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
"އެންމެ މަތީ ފެންވަރުގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ހުނަރާއި ޓީމް ވޯކް އެ ކުޅުންތެރިންގެ ކިބައިގައި ހުރިކަން ދިވެހި ކުޅުންތެރިން ވަނީ މުބާރާތުގައި ސާބިތުކޮށްދީފަ،" ނަބީހާ އާއި ނަބާހާގެ ޕެއާގެ ރިހި މެޑަލް އާއި ނިބާލާއި އަޖުފާނު އަދި ޒަޔާނާއި ނަޝްފާން ބޮޓްސްވާނާގެ މުބާރާތުން ބްރޯންޒް މެޑަލް ހޯދިކަން އިއުލާންކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓްގައި ވެއެވެ.
ފޮޓޯތައް: ބެޑްމިންޓަން އެސޯސިއޭޝަން
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް
މެޗެއް ކާމިޔާބުވީ ނަބާ އަދި ނަބީގެ އަށް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ނަބާހާ އާއި ނަބީހާ