27 ނޮވެމްބަރ 2023
މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
އިސްލާމީ ޝަރީއަތުގައި ދަރިންގެ ނަސަބު ސާބިތުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ކަމަށް ބުނެ އެވެ. އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ އެ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް، އެ ކުއްޖާއަކީ ދަރި ލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖެކެވެ.
އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑު ސާބިތުކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެވެ. ނަމަވެސް އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލަ އިތުރަށް މުރާޖާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.
ގާނޫނު އަސާސީ ބުނާގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ލިބޭ ދަރިންނަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާގެ ބައްޕައަކީ ދިވެއްސެއްކަން މަދަނީ މިންގަނޑުން ސާބިތުކުރަން ހުށަހެޅީ އެހެންވެގެން ކަމަށް ބުނެ އެވެ.
ނަމަވެސް ހައި ކޯޓުން ނިންމީ ޝަރުއީ އުސޫލުތަކުގެ ބޭރުން ބައްޕަ ސާބިތުކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
މަޖިލިސް ގަވާއިދުގެ މައްސަލާގެ ޝަރީއަތް އަވަސްކޮށްފި
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
ރައީސް ވަކިކުރުމާ ބެހޭ އިސްލާހުގެ މައްސަލަ ބަލައިގެންފި
"ރައީސް ވަކިކުރުމާގުޅޭ އިސްލާހު ގާނޫނުއަސާސީއާ ހިލާފު"
މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ސުޕްރީމް ކޯޓަށް
"ދީބާޖާ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅިތޯ ބަލަންޖެހޭ"
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ސުޕްރީމް ކޯޓުގެ ހުއްދަ ނެތި ކުދިންގެ ކައިވެނި ނުކުރެވޭ
ހުޅުމާލޭ ކޯޓް އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަނީ